މުޒާހަރާ ރޫޅާލުމުން ނިންމާލައިފި

27 ޖެނުއަރީ 2012 - 22:06

ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން

01:43 ފުލުހުން މުޒާހަރާ ރޫޅާލުމުން މުޒާހަރާވަނީ ނިންމާލާފަ.

01:23 މަޖީދީ މަގުން މުޒާހަރާގައި ބައިވެރިން ދަނިކޮށް ފުލުހުންވަނީ ޕެޕަރ ސްޕްރޭ ޖެހުމަށްފަހު މުޒާހަރާ ރޫޅާލާފަ.

01:16 މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ޗާނދަނީ މައިދާނުގަ. ނަމަވެސް ރަޔަޓް ގިޔަރުގައިތިބި ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން.

 

00:51 މުޒާހަރާގެ ބައިވެރިން ދަނީ މާވެޔޮމަގުން. ނަމަވެސް ދަނީ ކޮން ދިމާލަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވޭ.

00:36 އެމްއެމްއޭ ސަރަހައްދު ދޫކޮށް މުޒާހަރާގެ ބައިވެރިން ރަށު ތެރެއަށް ދާން ނައްޓާލައިފި. ނަމަވެސް ދަނީ ކޮން ދިމާލަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވޭ.

00:21 ސައްހަ ނޫން ގާޒީން ކުރާ ހުކުމެއް ސައްހަ ނުވާނެކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ.

00:08 ފުލުސް އޮފީހުން ނިކުތް ވަގުތު އެމްޑީޕީގެ ބަޔަކު ދިމާކޮށްފައިވާކަމަށް އިލްހާމްވަނީ ވިދާޅުވެފަ. ނަމަވެސް ބިރު ދައްކައިގެން މިޒަމާނުގަ ކަންތައްތައް ނުކުރެވޭނެކަމަށްވެސް އިލްހާމްވަނީ ވިދާޅުވެފަ.

00:04 ފުލުހުންނަށް މެސެޖް ދިނުމަށް ދިއުމުން ކޮމިޝަނަރ އޮފް ޕޮލިސްއާއި ބައްދަލުކުރުމުގެ އެޕޮއިންޓްމަންޓް ލިބުނުހާ އަވަހަކަށް އެކަން އެފަރާތަށް އަންގާނެކަމަށް ފުލުސް އޮފީހުން ބުނެފައިވާކަމަށް މަންދޫބުންވަނީ ބުނެފަ.

23:55 މިހާރު ވާހަކަ ދައްކަވަނީ ގާސިމް އިބްރާހިމް. ފަނޑިޔާރުންގެ މުސާރައަކީ ރައީސް ނަޝީދުގެ ޖީބުން ދެއްވާ އެއްޗެއް ނޫން ކަމަށާއި އެއީ ދައުލަތުން ދޭ އެއްޗަކަށްވާއިރު ފަނޑިޔާރުންގެ މުސާރަ ރައީސް ނަޝީދަށް ނުހިފެހެއްޓޭނަކަމަށްވެސް ގާސިމްވަނީ ވިދާޅުވެފަ.

23:54 ރައިޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމަށް ޖާބިރުވަނީ މަޖިލީހުގެ މެމްބަރުންނަށް ގޮވާލާފަ.

23:52 މުޒާހަރާގައި މިވަގުތު ވާހަކަ ދައްކަވަމުން ގެންދަވަނީ އަބްދުﷲ ޖާބިރު.

23:45 އަބްދުﷲ ގާޒީ މާދަމާ މާލެ ގެނެސް ފުލުހުންގެ ބެލުމުގެ ދަށުން މައްސަލަ ކުރިއަށް ގެންދާނަމަ ރައްޔިތުން އެއްނުވާނެކަމަށް ބުނެ އެވާހަކަ ފުލުސް އޮފީހަށް ދެންނެވުމަށް ގެމަނަފުށީ ދާއިރާގެ މެމްބަރ އިލްހާމް އަހުމަދުއާއި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ފުލުސް އޮފީހަށް ވަޑައިގެންފި.

23:39 މުޒާހަރާ ކުރަމުންދަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ސަބަބުން ނޫން ކަމަށާއި މުޒާހަރާ ކުރަމުންދަނީ ދިވެހިން ވަގަށް ނަގަމުންދާތީ ކަމަށް ނިހާންވަނީ ވިދާޅުވެފަ.

23:36 މުޒާހަރާގައި އަނެއްކާވެސް ނިހާނު ވާހަކަ ދައްކަވަން ފަށްޓަވައިފި. ނިހާން ގޮވަމުންދަނީ އެމްއެމްއޭ ސަރަހައްދަށް ދިއުމުގެ ފުރުސަތު ފުލުހުން އެމީހުންނަށް ދިނުމަށް.

23:09 ފުލުހުންގެ ސަފުތައް ރޫޅާލުމަށްފަހު ކުރިއަށް ޖެހުނު ފަރާތްތައް އަނެއްކާވެސް ފަހަތަށް ޖައްސައިފި

23:05 މުޒާހަރާގައި މިވަގުތު ވާހަކަ ދައްކަވަމުން ގެންދަވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު.

23:04 ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު ކުރިއަށް ޖެހުނު މުޒާހަރާގެ ބައިވެރިން އެސަރަހައްދުން ފޮނުވާލުމަށް ސްޓާ ފޯސްއިން ގެންދަނީ މަސައްކަތް ކުރަމުން. ނަމަވެސް އަދިވެސް މުޒާހަރާގެ ބައިވެރިން ތިބީ ބިންމަތީގައި އިށީނދެގެން.

22:59 ފުލުހުންގެ ސަފުތައް ރޫޅާލުމުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދުގ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގައިފި. ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ. މުޒާހަރާގެ ބައިވެރިންވަނީ މަގުމަތީގައި އިށީނދެފަ.

22:57 ފުލުހުންގެ ސަފުތައް ރޫޅާލުމަށްފަހު މުޒާހަރާގެ ބައިވެރިން ކުރިއަށް ޖެހިލައިފި. ވީލް ޗެއަރއެއްގައި ހުރެ މާޒް ސަލީމްވެސްވަނީ ފުލުހުންގެ ސަފު ރޫޅާލާފަ.

22:55 ބިދޭސީ މީހުންނަށް ޖުމްހޫރީ މައިދާނަށް ހަވީރު ވަދެވޭއިރު ދިވެހިންނަށް ކީއްވެގެންތޯ ނުވަދެވޭންވީ؟ ނިހާނުވަނީ ސުވާލުކުރައްވާފަ. ނިހާނު ވިދާޅުވީ މިސަރަހައްދަށް ވަދެވޭނެކަމަށާއި އެސަރަހައްދަށް ވަނުމަށް ނިހާނުވަނީ ގޮވާލާފަ.

22:49 ނިހާނު އިތުރަށް ވިދާޅުވީ މުޒާހަރާ ކުރަމުންދާއިރު ފުލުހުންގެ ސަފުތައް ފޫއަޅުވާލެވޭނެކަމަށާއި ނަމަވެސް އަދި މަޑުންތިބީ ސަފުތައް ރޫޅާ ނުލެވިގެންނޫންކަމަށްވެސް ނިހާނުވަނީ ވިދާޅުވެފަ.

22:46 އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 6 މެމްބަރުން ލައްވާ ރައީސް ނަޝީދުއަށް އިތުބާރު ނެތްކަމުގެ ވޯޓަށް ވޯޓް ދެއްވާނެކަމަށް ޖާބިރު ވިދާޅުވެފައިވާކަމަށް ނިހާން ވިދާޅުވެއްޖެ. ނިހާނު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހުގައި ނެގުމުގެ މަސައްކަތް މިހާރު ކުރައްވަން ޖެހިފައިވާކަމަށް އެމަސައްކަތް ކުރައްވާނެކަމަށް.

22:41 މުޒާހަރާގައި މިވަގުތު ވާހކަ ދައްކަވަމުން ގެންދަވަނީ އަހުމަދު ނިހާނު ހުސެއިން މަނިކު.

22:35 މުޒާހަރާގައި މިވަގުތު ވާހަކަ ދައްކަވަމުން ގެންދަވަނީ މާޒް ސަލީމް. އޭނާވަނީ ރޭގެ މުޒާހަރާގައި އޭނާއަށް ފުލުހުން އަނިޔާކޮށްފައިވާކަމަށް ވިދާޅުވެފަ.

22:34 އުމަރު އިތުރަށް ވިދާޅުވެފައިވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ރައީސް ނަޝީދުގެ އިތުރުން މޫސާ އަލީ ޖަލީލުގެ މައްސަލަވެސް ހުށަހަޅާފައިވާކަމަށް.

22:33 ދާދި އަވަހަށް ސްޓޭޓް އޮފް އެމަރޖެންސީ މިގައުމުގައި އިއުލާން ކުރައްވާނެކަމަށާއި އިއުލާން ކުރެއްވި ނަމަވެސް ކޮންމެ ރެއަކުވެސް އެމްއެމްއޭ ސަރަހައްދަށް އެއްވާން ޖެހޭނެކަމަށްވެސް އުމަރުވަނީ ވިދާޅުވެފަ. އަދި 2000 މީހުން ނުވަތަ 3000 މީހުން ހައްޔަރުކުރެވޭނެތޯ ބަލަން ވާނެކަމަށްވެސް އުމަރުވަނީ ވިދާޅުވެފަ. އަދި މިހާރު ރައީސް ނަޝީދު ސިފައިންގެ ވެރިންނާ އެކަމާއިގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް.

22:31 އުމަރު ނަސީރު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ ރައީސް ނަޝީދު ބޭނުންވާ ގޮތަށް ހުކުމްތައް ނުކޮށްގެން ކަމަށާއި އެފުރުސަތު ރައީސް ނަޝީދަށް ލިބިވަޑައިނުގަންނަވާނެކަމަށް.

22:27 އުމަރުވަނީ ޖެހިލުން ކުޑަ ވޮލަންޓިއަރުންގެ ނަން ނޯޓްކުރަން ފަށާފަ. އުމަރު ވިދާޅުވެފައިވަނީ ޖެހިލުން ކުޑަ ތަންތަނަށް އަރަން ކެރޭ ތަނަކަށް ވަންނަން ބުނީމަ ވަންނަން ކެރޭ މީހުން މިލިސްޓުގައި ނަން ނޯޓް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާކަމަށް.

2:27 މިވަގުތު ވާހަކަ ދައްކަވަމުން ގެންދަވަނީ އުމަރު ނަސީރު.

22:25 މުޒާހަރާގައި މިވަގުތު ވާހަކަ ދައްކަވަމުން ގެންދަވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރ ސިއްދީގު.

22:11 މުޒާހަރާގައި މިވަގުތު ވާހަކަ ދައްކަވަމުން ގެންދަވަނީ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު

22:03 ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކާއި މަދަނީ އިއްތިހާދު ގުޅިގެން ކުރާ ސިލްސިލާ މުޒާހަރާ މިރޭވެސް އެމްއެމްއޭ ސަރަހައްދުގައި ފަށައިފި.


+1
-0
ބޮޑުތިލަދުންމަތި
28 ޖެނުއަރީ 2012 - 12:22

މުޒާހަރާ އަށް ނިކުންނަ މީހުން އަދިވެސް މަދީ، 23 ޑިސެމްބަރުގައި ނިކުތް އަދަދަށް މީހުން ނިކުތުމަށް ގޮވާލަން، މިވެރި މީހާ ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަކީ ޤައުމުގެ އެންމެންގެ ޒިންމާއެއް، އެހެން ނޫނީ މާދަމާ ދެރަ ލިބޭނީ ތީގެން ފަރާތަކަށް ކަމަށްވެސް ވެދާނެ، ޤާނޫނީ ވެރިކަމެއް ނުކުރާ ތަނެއްގައި ހަމަޖެހުމެއް ނޯންނާނެ، މިއަދު މިވެގެން އުޅެނީ މިހެން، ވެރިކަމުގެ އެދުން ނެތް މީހުންވެސް މިއަދު މިކަމުގައި ބައިވެރިވެގެން ނޫނީ މިކަން ހައްލެއް ނުވާނެ،.

+3
-1
ޔުމް
27 ޖެނުއަރީ 2012 - 22:47

މުޒާހިރާ ފެށުނީންސުރެ ރާއްޖޭން ބޭރުގާއި ހުރެގެން ކޮއްމެ ރެއަކު އަޑު އަހަމުން މިދަނީ ވ ދެރަ މިރޭ އެއްވެސް ގޮތަކަށް އަޑެއް ނީވޭ ދި އެފް އެމް ގެ

+5
-1
އަންޖުމް
27 ޖެނުއަރީ 2012 - 22:47

ސާބަހޭ ތީ ހަމަ ހަގީގަތުގައިވެސް ހިތްވަރުގަދަ ބަތަލުންތަކެއް ކުރިޔަށް ދިވެހިގައުމު ކުރިޔަށް މުޒާހިރާ މިނޫންގޮތެއް ގައުމުގެ ރައްޔިތުންނަކަށް ދެނެއްނެތް މިނުބައި ޑިކްޓޭޓަރ ވެރިންގެކުރިމަތީގައި ހަތިޔާރަކާނުލައި އަޑުއުފުލެންއޮތް އެންމެ ގަދައެއްކޮށް އުފުލަންވީ އަދި ދުނިޔޭގެ އެކިކަންކޮޅުތަކަށް ރާއްޖޭގެ ޑިކްޓޭޓަރުންގެ އަނިޔާވެރިކަމާ ހުރި ޚުދުމުހުތާރުކަން ވީއެންމެ ފުޅާކޮށް ހާމަކޮށްދޭންވީ މިސަރުކާރަކީ ހުރިހާކަމެއްގައިވެސް ނާގާބިލްސަރުކާރެއްކަން ހެހެހޭތް

ދިޓީވީއަށް ޚިޔާލު ދެއްވުމަށް!