ރައްޔިތުންގެ ގޮވާލުންތަކަށް އިޖާބަ ނުދެނީސް ތަހުރީރު މައިދާނުން ނުދާނެކަމަށް އެސަރަހައްދުގައި ތިބި މީހުން ބުނެފި

27 ޖެނުއަރީ 2012 - 16:15

މިސްރުގައި މިހާރު އޮތް އަސްކަރީ ވެރިކަން ބަދަލު ނުވަނީސް ތަހްރީރު މައިދާނުން ދުރަށް ނުދާނެކަމަށް ބުނެ އެޤައުމުގެ ގިނަ ޢަދަދެއްގެ ބަޔަކު ތަހުރީރު މައިދާނުގައި ކޭމްޕްޖަހައިފިއެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން މިދިޔަ އަހަރު ނިމުމަކަށް ގެނައުމަށްފަހު އެޤައުމުގައި އޮތް އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް އެޤައުމުގައި ރައްޔިތުންގެ ވެރިކަމެއް ގާއިމުކުރުމަށް ގޮވާލާ އެޤައުމުގެ ގިނަ ޢަދަދެއްގެ ބަޔަކު މަގުމައްޗަށް ނިކުމެފައެވެ. މިސްރުގެ ރައްޔިތުން ބުނެފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު އިތުރު ބައިވެރިން މައިދާނާއި ގުޅޭނެކަމަށްއި އަދި އެސަރަހައްދު ދޫކޮށް ދެން ދާނީ އެމީހުން އެދެމުންދާ ގޮތަށް ސަރުކާރުން ކަންތައްތައް ކުރެއްވުމަށްފަހުގައި ކަމަށެވެ.

ނަމަވެސް މިސްރުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އަންނަ ޖޫން މަހު ބާއްވާ އިންތިހާބަށްފަހު އެޤައުމުގައި ރައްޔިތުންގެ ވެރިކަމެއް ގާއިމުކުރެވިގެންދާނެކަމަށާއި އެހެންކަމުން އެކަމަށް ފުރުސަތު ދެއްވުމަށެވެ.

މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު އެޤައުމުންވަނީ ބޭރު ޤައުމުތަކުގައި އުޅޭ އިދިކޮޅު ފަރާތްތަކުން އެޤައުމަށް އެތެރެވުން މަނާކޮށްފަ. އެހެންކަމުން އެމެރިކާއިން އިއްޔެވަނީ އެފަރާތްތަކަށް ގައުމަށް އެތެރެވުމުގެ ހުއްދަ ދިނުމަށެވެ.


ދިޓީވީއަށް ޚިޔާލު ދެއްވުމަށް!