ޢަބްދުﷲ މުޙައްމަދު ހައްޔަރު ކޮށްފައި ވަނީ ދިވެހި ފުލުހުންގެ އެދުމަކަށް ކަމަށް ސަރުކާރުން ބުނެފި

27 ޖެނުއަރީ 2012 - 15:45

ދިވެހި ސިފައިން ނުކުމެ ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކޮށްފައި ވަނީ ދިވެހި ފުލުހުންގެ އެދުމަކަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

ދިވެހި ޚާރިޖިއްޔާގެ ފޮރިން ސެކްރެޓަރީ މުޙައްމަދު ނަޞީރާ ޙަވާލާދީ ބައިނަލް އަޤްވާމީ ބައެއް މީޑިޔާ ތަކުން ބުނީ ސިފައިން ނުކުމެ ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކޮށްފައި ވަނީ ދިވެހި ފުލުހުން އެކަމަށް އެދުމުން ކަމަށާއި ސިފައިން ނުކުމެ މީހުން ހައްޔަރު ކުރަން އެދުމުގެ ބާރު ޤާނޫނުއަސާސީން ފުލުހުންނަށް ލިބިދީފައި ވާކަމަށެވެ. ދިވެހި ސަރުކާރުން ޤާނޫނުއަސާސީއާއި ޤާނޫނު ތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރުން ފުލުހުންގެ ބޮލުގައި އަޅުވަން މަސައްކަތް ކުރިނަމަވެސް ފުލުހުން ވަނީ ރަސްމީކޮށް މިކަމަށް ދެކޮޅުހަދާފައެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރުމުގައި ފުލުހުންގެ އެއްވެސް ދައުރެއް ނުވާ ކަމަށް. ޤާނޫނުތަކާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ސަރުކާރުން ހައްޔަރު ކޮށްގެން އުޅޭ މައްސަލާގައި ސަރުކާރުގެ އެކި ވުޒާރާތަކުން އެކި ގޮތަށް ވާހަކަތައް ފަތުރަމުން ގެންދާއިރު، މިކަމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އަޙްމަދު ނަސީމް ވިދާޅުވީ އިސް ޤާޟީ ހައްޔަރު ކުރެއްވި ގޮތަށް ސިފައިން ލައްވާ މީހުން ހައްޔަރުކުރުމުގެ އިޚްތިޔާރުތަކެއް ބައެއް ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ދައުލަތުގެ ބަންޑާރަ ނައިބު ކަން ކުރައްވާފައިވާ ތަޖުރިބާކާރު ޤާނޫނީ ބޭފުޅުންގެ އިތުރުން ޕްރޮސެކިޔުޓަރ ޖެނެރަލާއި، ޖުޑީޝަލް ސާވިސް ކޮމިޝަނާއި، ހިޔުމަން ރައިޓްސް ކޮމިޝަނާއި ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުންވެސް ވަނީ ޢަބްދުﷲ ޤާޟީ ސަރުކާރުން ހައްޔަރު ކޮށްގެން ގެންގުޅެނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ. އެހެން ނަމަވެސް މިފަދަ އެއްވެސް ގޮވާލުމަކަށް ސަރުކާރުން މިހާތަނަށް އިޖާބަ ދީފައެއްނުވެއެވެ.


+0
-0
ހަމަބުއްދި
28 ޖެނުއަރީ 2012 - 03:08

މިހާރު ދިވެހި ފުލުހުންގެެ މުއައްސަސާއަކީ ކޮބައިކަމާއި ސަލާމަތީ ބާރުތައް ނުވަތަ ސިފައިންނަކީ ކޮބައިކަން އޮޅޭހިސާބައްބަޔަކު ދުއްވާލާފިއެވެ. ހަމައަޑައްބާރު ލައްވައިފައި ހޯމްމިނިސްޓަރު ވިދާޅުވަނީ ފުލުހުން ޤާނޫނުގައިވާގޮތުން ސިފައިންކައިރީގައި އެދުމުން އަބްދުއްލޯ މުހަންމަދު ހައްޔަރު ކޮށްދިނީއެވެ. ބުނެލި ބުނެލުން ވަރަށް ސަޅިވެފަޤާނޫނީ ހަމައަށްފެތެއެވެ. ނަވެސް ސުވާލަކީ ގިރި ފުށި އެވެ ކިޔާޓްރެއިނިންގް ސެންޓަރު ހަވާލުކުރެވި ނުވަތަ ހަވާލުވެގެން ހަރަކާތްތަށް ހިންގަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ފުލުހުންނަށް މަދަނީ ތަމްރީނު ދޭރަށެއްގެ ގޮތުގަތޯބަލަންޖެހެއެވެ. ދިވެހި ހުރިހާ ކުދި ބޮޑު އެންމެހައި ރައްޔިތުންނަށް އިގޭނެ ފަދއިން އެތަނަކީ ސިފައިންގެ ބެލުމުގެ ދަށުގައިވާ ސިފައިންގެ ޓްރޭނިންގ ސެންޓަރެކެވެ. ހައިކޯރޓުން ޕޮލިސް ސަރވީސްއަށް މިމައްސަލައާއި ގުޅޭގޮތުން ފޮނުވާ ސިޓީތަކުގެ ޖަވާބުގައި ލިޔުމުން މޯލްޑިވްސް ޕޮލިސް ސަރވީސްއިން އެތަނުގެ ރަސްމީލިޔުންތަކުން މިއަންގަނީ މިތަނުގެ ބެލުމުގެ ދަށުގައި ނުވަތަ އަބްދުއްލޯ މުހަންމަދު ހައްޔަރު ކުރުމުގައި މިތަނުގެ އެއްވެސް ދައުރެއްނެތްކަމަށެވެ. ވީމާ މީވަރަށް ސީރިއަސް ކްރައިމްއެއް ނުވަތަ ޖަރީމާއެކެވެ. މީބޮޑުވެގެންވާ ޓެރަރިޒަމެކެވެ. ހަމަގައިމުވެސް މިކަމުގެ ޒިންމާވާ ބަޔަކުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލެންވާނެއެވެ. މާރާމާރީ ގްރޫޕް ތަކުންނާއި އެކިއެކި ޑްރަގް ގްރޫޕްތަކުން މީހުން ހިފާރަހީނުކުރުމެކޭ މިއަމަލެކޭ ތަފާތެއްނެތެވެ. 03 ނޮވެމްބަރުގައި ޕްރޮގްރެސް ލިބަރޓީގައި ޓެރަރީސްޓުން މީހުން ރަހީނުކޮށްގެން ގެންދިއައީ ހަމަ މިފަދައިންނެވެ. ދެންހަމަ ފުރިހަމަނުވާ އޮތީ އެންމެކަމެކެވެ. އެއީ އަބްދުއްލޯ މުހަންމަދު ހައްޔަރުކޮށްގެން އުޅޭފަރާތުން އަބްދުއްލޯގެ އާޢިލާގެ ފަރާތުން މިލިއަން ޑޮލަރަޢްނޭދޭކަމެވެ.

+2
-0
ބޮޑުތިލަދުންމަތި
27 ޖެނުއަރީ 2012 - 19:47

ދިފާއީ ބާރުތަކަށް މީހުން ހިފާހައްޔަރުކުރުމުގެ ބާރު ލިބެނީ ރައީސް މީހާ އެންގުމުންތަ؟ ނޫނީ ދިފާއީ ބާރުތަކަށް ބާރު ދިނުމަށް ހެދިފައިވާ ޤާނޫނުންތޯއެވެ؟ ދިފާއީ ބާރުތަކުގެ ބަހުރުވަ ތިހުންނަ ގޮތުން ތިތަނުގައި ތިބި މީހުންގެ ޤާބިލްކަމާއި މެދު ސުވާލު އުފެދޭ،

+270
-1
އަންޖުމް
27 ޖެނުއަރީ 2012 - 18:10

މީ ގައުމުގެ ދިފާއީ ދެބާރުން ކުޅެމުންގެންދާ ޑްރާމާ އެއްބަޔަކު އަނެއްބަޔަކާ މަތިކުރަމުން ގެންދަނީ ވާނުވާ އެއްބަޔަކަށްވެސް ނޭގޭ މިހުންނަނީ މިމީހުންގެ ފެންވަރު ދެންކިހިނެތް ރައްޔިތުން ނަށް ސަލާމަތްތެރިކަމެއް އޮންނާނީ މިމީހުންގެ ބާރުގަދަކަމުން މީހުން ގަދަކަމުން ހައްޔަރުކޮށްގެން އެކިތަންތަނަށް ލައި ގެއްލުވާލުމަށްފަހު ދެންމިބުނަނީ ފުލުހުންބުނެގެން ސިފައިން ހައްޔަރުކުރީ ސިފައިންމިބުނަނީ ހޯމްމިނިސްޓަރު ބުނެގެންނޭ ދެންވެސް ހަދަނީ ދޮގު މިމީހުން ދޮގުހަދައިގެންވެސް އޮޅުވާލެވޭނީ ވަކިވަރަކަށް އެކަމު ޒިންމާދާރު ދެމުއައްސަސާއަށް މިވަރު ނޭގޭ

+14
-1
ކްރޮސް
27 ޖެނުއަރީ 2012 - 17:13

ތިއުޅެނީ މައްްސަލައިން ރެކެވޭނެ ގޮތެއް ނޭންގިގެންް..

ދިޓީވީއަށް ޚިޔާލު ދެއްވުމަށް!