ދަށު ކޯޓްތަކުގެ ފަނޑިޔާރުން އެކުލަވާލެވިފައިވަނީ ޤާނޫނު އަސާސީގައިވާ ގޮތަށް ނޫންކަމަށް ރައީސް ވިދާޅުވެއްޖެ

27 ޖެނުއަރީ 2012 - 13:24

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު

ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެކުލަވާލެވިފައިވަނީ ގާނޫނު އަސަސީގައިވާ ގޮތުގެ މަތިން ނޫން ކަމަށާ މިހާތަނަށްވެސް އެމަސައްކަތް ކުރެވިފައި ނުވުމަކީ ރާއްޖޭއަށް ދިމާވެފައިވާ ވަރަށް ބޮޑު ދަތިކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ގައުމާ މުހާތަބު ކުރައްވާ މިއަދު ދެއްވި 132 ވަނަ ރޭޑިއޯ ހިތާބުގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ސްޕްރީމް ކޯޓާ ހައިކޯޓު އެކުލަވާލެވިފައިވީ ނަމަވެސް ދަށު ކޯޓުތަކުގެ ފަނޑިޔާރުން ހުވާ ކުރައްވައިގެން ތިއްބެވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ދަންނަވަން އުނދަގޫފުޅު ކަމަށެވެ. ރައީސް ވިދާޅުވީ ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރަން ހަމަޖެހިފައި އޮތީ އެކަމަށް ކަނޑައެޅޭ ގާނޫނެއްގެ މަތިން ކަމަށްވީ ނަމަވެސް އެކަން ކޮށްފައިވަނީ އެގާނޫނު ފާސްވުމުގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަނުން ހަދާފައިވާ އުސޫލުތަކެއްގެ މަތިން ކަމަށެވެ.

ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީން ހަދާފައިވާ އުސޫލުތަކުގައި ފަނޑިޔާރުންގެ ޝަރުތު ކަނޑައެޅި ގޮތާއި، އެޝަރުތުތަކަކީ މިޒަމާނަށް އެއްގޮތަކަށް ވެސް ފެތޭނެ ޝަރުތުތަކެއް ނޫން ކަމަށް އޭރުވެސް ކޮމިޝަންގައި ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ދަށު ކޯޓުތަކުގައި ރާއްޖޭގެ ބޭންކުތަކުގެ ގިނަ އަދަދެއްގެ ފައިސާ ތާށިވެފައިވާ ކަމަށާ އެފައިސާ ލިބިއްޖެ ނަމަ ރާއްޖޭގެ އުފެއްދުންތެރިކަން ތިރީސް ޕަސެންޓާ ސާޅީސް ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށް މާހިރުން ވިދާޅުވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ދަށު ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުން ކުރައްވައިގެން ތިއްބެވި ހުވަޔާ މެދު ސުވާލު އުފެދޭ ގޮތަކަށް ރައީސް ނަޝީދު މިއަދު ވާހަކަފުޅު ދައްކަވާފައިވާ އިރު، ދަށު ކޯޓުތަކުގެ ފަނޑިޔާރުން ހުވާ ކުރެއްވިތާ އެތައް ދުވަހެއް ވެގެން ދިޔަ އިރުވެސް ސަރުކާރުން މީގެ ކުރިން މިވާހަކަތައް ފާހަގަކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

 


+1
-0
އަންޖުމް
27 ޖެނުއަރީ 2012 - 21:56

ހޫން މީ ފަހެ ރާއްޖޭގެ ދަންނަ ނުދަންނަ ކަލޭފާނުތޯ އެނގޭކަމެއްވެސް ނޭގޭކަމެއްވެސް ނެތް އަތާއި ދޫ ދިގުކަމުން ގައުމަށް ފައިދާއެއްނުވާތާ ވަނީ ހުސްގެއްލުން ކުޅެނީ ހުސް ޑްރާމާ މިގޭން ފެންނަ ހުރިހާ އެޕިސޯޑެއް ވަނީ ފްލޮޕް ކާމިޔާބުވާ އެއްމެ އެޕިސޯޑެއްވެސް ނެތް ނޫނޭ ގަދަބާރު ބޭނުންކޮށްގެން ކޮންމެކަމެއްވެސް ކުރަނީ ހުންނަޚުދު މުހުތާރުކަން ދުވަހެއްދުވަހަކަށް ދަނީ ބޮދުވަމުން އިތުރުވަމުން

+0
-0
ފަސީހު
27 ޖެނުއަރީ 2012 - 19:54

އާ ޤާނޫނު އަސާސީ ދަށުން ބާއްވާ ރިޔާސީ އިންތިހާބު 10 އޮކޓޯބަރ 2008ެގެ ކުރިން ބާއވައި ނިންމަން ޖެހޭނެކަމަށް އޮތް. މިހާރު ހުރި ރައީސަކީ އެ މިދެންނެވި މުއްދަތުގެ ކުރިން ބެއްވި އިްނތިހާބަކުން ހޮވުނު ރައީސެއް ނޫން. އެހެންވީއިރު މީ މިޤައުމުގެ ރައީސްބާ؟؟؟؟؟؟

ދިޓީވީއަށް ޚިޔާލު ދެއްވުމަށް!