" ކާކުތީ؟ ހަމަ މިހާރުބުނޭ " ހުސޭންފުޅުބޭ ހެނެތިފައި އޮތް ޒައިހާ އާއި ސުވާލުކުރިއެވެ. އޭރުވެސް ކިޔަވާމީހުން ކިޔެވެލި ހުއްޓައެއްނުލައެވެ.
" ކަލޭ ތީކާކު. އަހަންނާ ސުވާލުކުރަން؟ " ޒައިހާ މެދުވެރިކޮށް ބީކާލް ޖިންނިވެސް ކުރީ ސުވާލެއެވެ. ރުޅިވެރި ރާގެއްގައެވެ.
" މައްސަލައެއްނެތް. އަހަރެން ޖަވާބުވެސް ދީފާނަން އަހަންނަކީ ހުސޭންފުޅު. ދެން އަހަރެން ކުރާ ސުވާލުތަކަށް ޖަވާބުދީ... ތިޔައީ ކާކު؟ ކީއްވެތަ ޒައިހާ އާއި އަޅައިގަނެގެން ތި އުޅެނީ " ހުސޭންފުޅުބޭ މިހާރުވެސް ވާހަކަދެއްކީ މަޑުމައިތިރިމަކާއި ކެތްތެރިކަމާއެކުގައެވެ.
" އަހަންނަކީ ބީކާލް... އަހަރެން ޒައިހާ އާއި އަޅައިގަނެގެން އުލުނަކަސް ކަލެޔާ ނުބެހެވޭނެ... ޒައިހާޔަކީ އަހަރެންގެ އަނބިމީހާ... އޭނާގެ ދިރިއުޅުން ބައްޓަން ކުރުމުގެ ހުރިހާ ހައްގެއްވެސް އަހަންނަށް ލިބިފައިވޭ... " ބީކާލްގެ ޖަވާބު ލިބުނެވެ.
" ކަލޭ ތިގޮތަށް ހަރުކަށިކޮށް ވާހަކަ ދައްކާއިރު ކަލެޔަށް ވިސްނޭތަ ކަލޭ ތިހުރީ ސީދާ އަހަރެންގެ ފުރިހަމަ ބާރުގެދަށުގަކަން، އަހަރެން ބޭނުމިއްޔާ ހަމަމިހާރުވެސް ކަލޭގެ ދުވަސް ދުއްވާލެވިދާނެ... " ހުސޭންފުޅުބޭގެ ރާގުވެސް ރުޅިއަށް ބަދަލުވިއެވެ.
" ބިރެއްނުގަނޭ. ޒައިހާގެ ލޯބީގެ ހައްގުގަ ކޮންމެފަދަ ގުރުބާނީ އެއްވެސް އަހަރެންވެދާނަން... މިވަގުތު ކަލޭ އަހަރެންގެ ދުވަސް ދުއްވާލިޔަސް ފަރުވާލެއްނެތް... " ބީކާލް ގޮތެއް ދުލެއްނުކުރިއެވެ.
" ކަލޭ ވިސްނަންވާ ވަރަށް ވިސްނާފަތަ ތިހެން ތި އަހަނީ... ނޫނީ އިތުރަށް ކަލޭގެ މައިންބަފައިންނާ މަޝްވަރާ ކުރަން ކަލޭ ބޭނުންތަ؟ " ހުސޭންފުޅުބޭ އަދިވެސް ބެލީ ބީކާލަށް ފުރުސަތެއްދެވޭތޯއެވެ.
" އަހަރެންގެ އާއިލާގެ އެއްވެސް މިހަކު މިދުނިޔެއަކު ނެތް... އަހަރެންގެ އާއިލާވެސް ނައްތާލީ ތިކަހަލަ ރަހުމްކުޑަ އިންސާނުންތަކެއް... އިންސާނުންނަކީ ވަރަށް ރަހުމުކުޑަ ބައެއް... އަހަރެން ކެލޭމެންނަށް ދުވަހަކުވެސް މައާފެއްނުކުރާނަން... " ބީކާލް އަޑާއި ރާގުވެސް ބަދަލުވިއެވެ. އާއިލާގެ ހިތްދަތި ނިމުން ހިތަށް ސިފަކުރެވުނީމާ ކަންނޭނގެއެވެ.
" އިންސާނުންނަކީ ކަލޭ ތިހީކުރާހާ ރަހުމުކުޑަ ބައެއްނޫން. ކަލޭގެ މައިންބަފައިން މެރިބަޔަކުވެސް ކަލޭގެ މައިންބަފައިންނަށް ސަލާމާތްވާން ފުރުސަތުތަކެއް ދޭނެ... އެވެރިން އެފުރުސަތުތަކުގެ ބޭނުން ނުހިފީމާ މަރާލިކަމަށްވާނީ... އެހެނެއްނޫން ކަލޭމެން، އެންމެ ރަގަނޅު... ބުނެބަލަ ކަލޭ މުއީޒް މަރާލީ އޭނާގެ ކޮންކުށެއް އޮވެގެން...؟ އެސޮރު ކަލެޔަށް ކޮންގޯނާއެއްކޮށްގެން؟ " ހުސޭންފުޅުބޭ އިންސާނުންގެ ދިފާއުގައި ވާހަކަދައްކައި ބީކާލްގެ އުނިސިފަ ދެއްކިއެވެ.
" އަހަރެން މުއީޒް މަރާލީ... އަހަންނަށް ޒައިހާގެ ލޮބި ހޯދޭން އެންމެ މޮޅުގޮތަކީ މުއީޒުގެ ސިފައިގަ ޒައިހާޔާ ކުރިމަތިލުން ކަމަށް ފެންނާތީ... ޒައިހާޔަށް މުއީޒު ފެނުމުގެ މާކުރިންވެސް ކޮންމެ ރޭވިލޭރެޔަކުވެސް އަހަރެން އާއި ރޭވިލޭރޭގެ އުފަލާއި އަރާމްގެ ލައްޒަތު ޒައިހާގެ ކިބައިން ލިބިގަންނަމުން... ކަލޭމެން ކިތައްމެ މަސައްކަތް ކުރިޔަސް ޒައިހާޔަށް އެއިހަސާސްތަކާ ދުރަކަށް ނުދެވޭނެ، ކޮންމެ ރޭވިލޭރެޔަކުވެސް އޭނާއަށް އަހަރެންގެ ބީހުންތައް ބޭނުންވާނެ... " ފަހުރުވެރި ރާގެއްގަ ބީކާލް ބުންޏެވެ.
" ކަލޭ ކީއްވެތަ އިންސާނުންދެކެ ލޯބިވާންވީ؟ " އަނެއްކާވެސް ހުސޭންފުޅުބޭ އެއްސެވެ. އޭރުވެސް ކިޔެވެލި ކިޔަވާމީހުން ހުއްޓުމެއްނެތި ކިޔަވަމުންދެއެވެ.
" ތިސުވާލުއަހަރެން ހިތާކުރޭ... އަހަރެންވެސް ޖަވާބު ބޭނުންވާ ސުވާލެއް ކަލޭ ތިކުރީ... ހަމަގައިމްވެސް އަހަރެން އިހްތިޔާރެއް އޮތްނަމަ. އަހަރެން އިންސާނަކު ދެކެ ލޯތްބެއް ނުވާނަން... އަހަރެންގެ އާއިލާ ނެތިދިޔަގޮތް ދުވަހަކުވެސް އަހަރެންގެ ހިތަކުން ނުފުހެވޭނެ... އަހަރެންގެ ބައްޕަ ވަސިއްޔަތެއް އިންސާނެއްގެ ބަނޑުން އަހަރެންގެ ދަރިޔަކު އުފަންކުރުން. ޒައިހާ އަހަންނަށް ދަރިޔަކު ވިހާނެ... " އެވަގުތު ޒައިހާ އަނެއްކާވެސް ތެޅިގަތެވެ. އެއަތް ފޮޅުވައިލުމަށްފަހު ބަނޑުގައި ހިފަހައްޓައިލިއެވެ. ބަނޑުގައި ވޭން އަޅާތީ ކެތްނުވެގެން އުޅޭފަދައިންނެވެ. އެހިނދު އެންމެން ބަލަން ތިއްބާ ޒައިހާގެ ބަނޑު އުފުލެން ފަށައިފިއެވެ. އެމަންޒަރު ފެނި ބައެއް މީހުން ބިރުން ފަހަތަށް ޖެހުނުވެސްމެވެ. ނަމަވެސް އަތުގައި އިޝާރާތުން އެއްވެސް މީހަކުބިރުނުގަތުމަށް ހުސޭންފުޅުބޭ އިލްތިމާސް ކުރުމުން ބިރުން އުޅުނު މީހުންތައް ހިމޭންވެއްޖެއެވެ.
" ކަލޭ ކަހަލަ ގޮތްދޫނުކުރާ ފަރާތަކަށް މަރުނޫންގޮތެއް ނެތް. ކަލޭ ޒައިހާގެ ހަޔާތުން ދުރަށްދާން އެއްބަސް ވިނަމަ. އަހަރެން ކަލޭ މިނިވަންކުރީމުސް... " ހުސޭންފުޅުބޭ ދެން މަސައްކަތް ފެށީ ބީކާލްގެ ބާރު މުޅިން ދެރަކޮށް މުލުން ލުހެލާށެވެ. އޭރު ޒައިހާގެ ބަނޑު އުފުލެމުން ގޮސް ދުވަސް ފުރިފަވާ މާބަނޑުގެ އަންހެނެކޭ އެއްފަދަ ވެއްޖެއެވެ. ނަމަވެސް ހުސޭންފުލުބޭ ބިރެއްނުގަނެއެވެ.
" ހުސޭންފުޅުބޭ އެއްޗަށް އެއްވެސް ފުރުސަތެއް ދޭނެކަމެއްނެތް... ހުވާކުރުވާފަ ދޫކޮށްލިޔަސް އެހެން ކޮންމެވެސް ރީތި ފިރިހެނެއްގެ ސިފައިގަ އައިސް އެމަންޖެގެ ހަޔާތަށް އަރައިގަންނަން މަސައްކަތް ކުރާނެ " ހުސްނީ ހުސޭންފުޅުބޭއަށް ލަފާދިނެވެ. ހުސޭންފުޅުބޭ މަސައްކަތުގައި ހުރެ ބޯޖަހާލިއެވެ. ހުސޭންފުޅުބޭ އާއި އޭނާގެ ބައިވެރިން މަސައްކަތް ކުރާތާވީ ގަޑިއެއް ހާއިރެވެ. ގަދަވޭނާއި ކެކުޅުން ތަކަކަށްފަހު ޒައިހާގެ ބަނޑުން ދިރޭފުރާނައެއް އުފަންވެއްޖެއެވެ. ބައެއް މީހުން ބިރުން ހަޅޭއްލަވައިގެންފިއެވެ. އެއީ އިންސާނެއްނޫނެވެ. ޒައިހާގެ ބަނޑުން އުފަންވީ އެތި އެމީހުންގެ ލޯތަކަށް ފެނުނީ ސިކުންތުކޮޅަކަށެވެ. އޭތި މައްޗަށް އަރައިގެންދިޔައީއެވެ. ބައެއްމީހުނަށް އޭތީގެ މޫނު އިންސާނެއްގެ މޫނާ ވައްތަރުވިޔަސް އޭތީގެ އަތްފައި މުޅިންތަފާތެވެ. މޫނު ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ހިސާބެއްގަ ހީވަނީ ހުޅުނބުޖަހާފައިވާހެނެވެ. އަތުގެ އިނގިލިތައް ދިގުވެފަ އެހާމެ ތޫނުވެސްމެވެ އޭރު އެތަނުން ބައެއް މީހުން ބިރުން ތުރުތުރު އަޅަމުންދިޔައެވެ. ބަދުރިއްޔާ މޮޔައަކު ފަދައިން ރޮއިހޭރެނީއެވެ.
އެއީ މަފަދަ ގޮތެއް މެދުވެރިވެއްޖެ ކޮންމެ ފަދަ މަޔަކަށްވެސް ވެދާނެ ގޮތެއް ކަމަށް ގަބޫލްކުރަންޖެހެއެވެ.
" އެމަންޖެ އެއޮތް މަރުވަނީ... ހުސޭންފުޅުބޭ އެމަންޖެ. ސަލާމަތްކުރޭ... " ކެތްނުވެވިގެން ބަދުރިއްޔާ އުޅުނީ ޒައިހާއާއި ދިމާޔަށްދާށެވެ. ނަމަވެސް އެވަގުތު ހުހަށް ތިބި ޝިހުންތަކުގެ ތެރޭން ބަޔަކު ބަދުރިއްޔާ ހިފައްޓައިފިއެވެ.
" ބަދުރިއްޔާ މައިތިރިވޭ ޒައިހާޔަށް އެއްކަމެއްވެސް ނުވާނެ. އަހަރެން އެމަންޖެ ސަލާމަތްކުރާނަން. " ހުސޭންފުޅުބޭ ބަދުރިއްޔާއަށް ހިތްވަރުދިނުމަށްފަހު އަނެއްކާވެސް ކިޔެވެލި ކުރިޔަށް ގެންދިއައެވެ. މާގިނައިރުތަކެއްނުވެ ދެން ފެނުނީ ޒައިހާގެ ހަށިގަނޑު ތެރޭން ކަހަލަ ގޮތަކަށް ކަޅުހިޔަންނެއްފޭއަށް ދިޔަތަނެވެ. ބެލެވޭގޮތުގައި ބީކާލް ޖިންނީގެ އަޖަލުހަމަވަނީއެވެ. ނޫންނަމަ އޭތި ޒައިހާ ދޫކޮށްދިޔައީއެވެ.
" އޭތި ދިޔައީ... ދެންނުކެރޭނެ މިމަންޖެއަށް ވައިއެޅޭ ކަށްވެސް އެކަމަކު ބުނަން އަހަރެންގެ މިއަޅާ ތަވީދު. އެގޮތަކަށްވެސް މިމަންޖެގެ އުނަގަނޑުން ނެގިޔަދީގެން ނުވާނެ... އޭތިނަގައިފިއްޔާ އޭއްޗަށް އަނެއްކާވެސް ބާރުލިބިދާނެ. " ހުސެންފުޅުބޭ ޒައިހާގެ އުނަގަނޑުގަ ތަވީދުއެޅުވިއެވެ. އެއަށްފަހު އޭނާ ޒައިހާއަށް ގޮވަންފެށިއެވެ. ޒައިހާ ހޭއެރުވުމަށްޓަކައެވެ.
" ޒައިހާ... ޒައިހާ. ލޯހުޅުވަބަލަ... " ހުސޭންފުޅުބޭ މަޑުމަޑުން ޒައިހާގެ މޫނުގައި ޖަހައިލިއެވެ. މާގިނައިރުތަކެއްނުވެ. ޒައިހާ ލޯހުޅުވާލިއެވެ.
" މީކޮންބައެއް... އަހަރެން މިތާ ބާއްވައިގެން ކީއްތިކުރަނީ... ކޮބާ އަހަރެން ވިހެއި ދަރިފުޅު... " ބަނޑުގައި އަތްކާއްތާލުމަށްފަހު ޒައިހާ އެއްސެވެ.
" ދަރިފުޅު ކުއްޖަކު ވިހެއިންތަ؟ " ޒައިހާ އާއި ފުރަތަމަ ވާހަކަދެއްކީ ހުސްނީއެވެ.
" އާން... ވިހެއީ މީގެ ކުޑަ އިރުކޮޅެއް ކުރިން... އަހަރެން ބޭނުން އަހަރެންގެ ދަރިފުޅާ ބައްދަލުކުރަން... " ޒައިހާ ތެދުވިއެވެ. ނަމަވެސް އެވަގުތު ހުސޭންފުޅުބޭ ޒައިހާ އެނދުމަތީގައި ބޭއްވިއެވެ.
" އަދި ދައްކަންނުވޭ... އިހަށް އަޜާމްކޮށްލާ މިހާރު ތިއޮތީ ވަރުބަލިވެފަ... " ހުސޭންފުޅުބޭ ޒައިހާގެ އަތުގައި ހިފަހައްޓާލިއެވެ. އެންމެ އަޖައިބުވާކަމަކީ ކުއްޖަކު ވިހެއިކަމުގެ އެއްވެސް އަލާމާތެއް މިހާރު ޒައިހާގެ ކިބައިގަ ނެތްކަމެވެ. ބަނޑުގަ ވޭނެއްވެސްނައަޅައެވެ. ބަނޑުވެސްވަނީ އާދައިގެ ދުވަސްވަރެއްކޭ އެއްފަދައިން ހިނދިފައެވެ. ހުސޭންފުޅުބޭގެ ނަސޭހަތުގަ އަޑުއެހުމަށްފަހު ޒައިހާ އިރުކޮޅެއްވަންދެން ހިމޭނުން އޮތެވެ. ހީވާކަހަލައެވެ. އޭނާ ހުސޭންފުލުބެއަށް ޖެހިލުންވަނީއެވެ. ބިރުގަންނަނީއެވެ.
" މިވަގުތު އަހަރެން މިދަނީ... އޭނަށް ސަމާލުވާތި މިބުނަނީ އޭނާގެ އުނަގަޑުގަ އަލުވާފަވާ ތަވީދު ނެގިޔަނުދޭށޭ. އެނަގައިފިއްޔާ ފަހަރުގަ ނުރައްކަލެއްވެސް އަތުވެދާނެ. ކަމެއްގޯސް ވެއްޖެއްޔާ. އަނެއްކާވެސް އަހަންނަށް އަންގާލާތި... " ހުސްނީއަށް ގޮވައި ދުރަށް ގެންގޮސް ހުސޭންފުޅުބޭ ކިޔާދިނެވެ.
" މިހާރުދެން އެއްކޮށް އެމަންޖެ އެތީގެ ކިބައިން ސަލާމަތް ކުރެވުނީތަ؟ " ހިތް ބިރުގެންފަހުރެ ހުސްނީ އަހައިލިއެވެ.
" އަދި އެއްރޭގެ ކިޔެވުމަށްފަހު މުޅިން ސަލާމަތްވެވޭނީ... މިހާރަކުވެސް އޭއްޗަކަށް ޒައިހާޔާ ކައިރިއެއްނުވެވޭނެ... " ހުސޭންފުޅުބޭ ހިނގައިގަތެވެ. ހުސޭންފުޅުބޭ ދިޔުމާއެކު ބަދުރިއްޔާ އާއި ހުސްނީ ޒައިހާގެ ގާތަށްޖެހި ޒައިހާޔަށް ހިތްވަރުދޭންފެށިއެވެ.
" އަޅެ ކޮބައިތަ އަހަރެންގެ ދަރިފުޅު... ބީކާލް އަހަރެންގެ ދަރިފުޅު ގެންދިޔައީތަ؟ " ޒައިހާ ފުއްމައިގެން ތެދުވިއެވެ. ހީވީ ކުއްލިޔަކަށް އާދަޔާ ހިލާފު ބާރެއް ލިބުނީމާ ފުއްމައިގަތީހެންނެވެ.
" ދަރިފުޅާ... " ހުސްނީ ޒައިހާގެ އަތުގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް ގައިގަ އަތްނުލާށޭ ބުނެ ޒައިހާ ހުސްނީގެ އަތް ފޮޅުވައިލިއެވެ.
" އެކަކުވެސް އަހަރެންގެ ގައިގަ އަތްލައިގެން ނުވާނެ. ކަލޭމެންނަކީ އަހަރެންގެ ދުށުމަނުން... ތީ އަހަރެންގެ ދިރިއުލުން ރޫޅާލަން އުޅޭބައެއް... " ޒައިހާ ބާކާލްތައް ހުސްނީމެނާ ދިމާޔަށް ހޫރަންފެށިއެވެ.
" އަޅެ ހުސްނީ ހުސޭންފުޅުބޭއަށް އަދި މާދުރަކަށް ނުދެވޭނެ. ހުސޭންފުޅުބޭ ގޮވައިގެން އާދޭ... " ބަދުރިއްޔާއަށް ރޮވެންފެށުނެވެ.
އޭރު ހުސްނީ ހުސޭންފުޅުބެއަށް އެގެއާއި މާދުރަކަށް ނުދެވެއެވެ. ކުއްލިއަކަށް ހުސޭންފުޅުބެ ހުއްޓުނީ ފަހަތުން މީހަކު ގޮވާލިއަޑަށެވެ. ހުސެންފުޅުބޭ ހުއްޓި ފަސް އެނބުރުނެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށްނެތެވެ.
" ތިހެން ހަމަޖެހިގެން ކަލެޔަކަށް ގެޔާ ހަމަޔަކަށް ނުދެވޭނެ. " ދެން އިވުނީ ނާމާން ޒާތެއްގެ އަޑަކުން ކުޑަކުއްޖަކު ގޮވާލި އަޑެވެ.
" ކާކުތީ؟ " ހުސޭންފުޅުބޭ ހުއްޓުނެވެ. އެއާއެކު އަނެއްކާވެސް އެއަޑު އިވުނެވެ. ކުރިޔަށް ވުރެން ނާމާން ޒާތަކަށެވެ. މިހާރު އަޑު އައީ ތަންކޮޅެއް ގާތުންނެވެ. ވުމާއެކު ހިސާބަކަށް ހުސޭންފުޅުބޭ ބިރުވެސް ގެންފިއެވެ. އޭނާ ހުއްޓިވަށައިގެން ހޯދަން ފަށައިފިއެވެ.
" ކާކުހޭތީ؟ " އަނެއްކާވެސް ހުސޭންފުޅުބޭ އެއްސެވެ.
" ޒައިހާ އާއި ބީކާލްގެ ދަރިފުޅު... ކަލޭ ބޭނުން ނަމަކުން އަހަންނާ މުހާތަބު ކުރިޔަސް ވަރިހަމަ... " މިފަހަރު އަޑުއިވުނީ ހުސޭންފުޅުބޭގެ ފައިދަށުން ކަހަލަ ގޮތަކަށެވެ. ހުސޭންފުޅުބޭ ތެޅިގެން ފަދައިން ދުއްވައިގެންފިއެވެ. އެއީ އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވެފައިވާ ވަގުތުކަމަށް ވުމުން މަގުމަތީގައި މާގިނަބަޔަކުވެސް ފެންނާކަށްނެތެވެ. ހުސޭންފުޅުބޭ ބޮޑަށް ބިރުގަތީ އެހެންވެގެންނެވެ.
" ކިތަންމެ ބާރަށް ދުވިޔަސް އަހަންނަށް ވުރެން ބާރަކަށް ނުދުވޭނެ... ކަލޭ ބުނީ ކީކޭ. އަހަރެމެންގެ ވަސްވެސް ފޮހެލާނަމޭ... އެހެން މީހަކަށް އެކަން ކުރެވުނަސް ކަލެޔަކަށް އެކަމެއްނުވާނެ. " މިފަހަރު އަޑާއެކު ދުވަމުން ދިޔަ ހުސޭންފުޅުބޭގެ ކޮނޑުގައި މީހަކު ހިފިއެވެ. ނަމަވެސް ހުސޭންފުޅުބޭ ފަސްއެނބުރި ބަލައެއް ނުލައެވެ. އޭނާ ދުވަމުން ދިޔައީ އެއަޑާއި ފޭއަށް ދެވޭތޯއެވެ. އަމިއްލަ ދިފާއުގަ ކަމެއް ކުރެވިފަނެތީމާ ހަޤީގަތުގަ އޭނާވަނީ ބޮޑު ބިރަކާ ކުރިމަތިލާންޖެހިފައެވެ.
" ކިތަންމެ ބާރަށް ދުވިޔަސް ގެޔަކަށް ނުދެވޭނެ... އަހަރެންގެންދާ ތަނަކަށް ދެވޭނީ... މީގެ ގަޑިއެއްހާއިރު ކުރިން ކަލޭ އަހަރެންގެ ބައްޕަޔަށް ކަލޭގެ ބާރުދެއްކީ... މިއީ އަހަރެންގެ ބާރު ދެއްކުމުގެ ވަގުތު ޖެހިފައި... " މިފަހަރުވެސް އެއްވެސް މީހަކު ނުވަތަ ކުއްޖަކުވެސް ނުފެނެއެވެ. އެކަނި އިވުނީ ނާމާން އަޑެކެވެ. ހުސޭންފުޅުބޭ ހުއްޓުނެވެ. އެރު ހުސޭންފުޅުބޭ ދުވާތާ ފަނަރަކަށް މިނިޓް ވެދާނެއެވެ. އޭރު އޭނާގެ ލޯ މައްޗައް ވަނީ ފުސްއަރާފައެވެ.
" ކަލޭ ހުއްޓިތިހުރީ ކަލޭގެ ގޭ ކުރިމަތީގައެއްނު. އަވަހަށް ތިގެއަށް ވަދޭ... " މިފަހަރުވެސް އިވުނީ އަޑެކެވެ. ހުސޭންފުޅުބޭ ލޯއުނގުޅާލުމަށްފަހު ވަށައިގެން ހޯދާލިއެވެ. ތެދެކެވެ. އޭނާއަށް ހުއްޓިފައި އެހުރީ އޭނާގެ ގޭ ދޮރުމައްޗަށެވެ. އެގެއަށްވަދެ ވިއްޖެއްޔާ އޭނާޔަށް އެއްވެސް ނުރައްކަލެއްނެތްކަން އެނގޭތީ އޭނާ ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު އަވަހަށް އެތެރެޔަށް ވަނުމަށްޓަކައި ދުއްވައިގެންފިއެވެ.
(ނުނިމޭ) ސޯޅަވަނަ ބައި 29 ޖެނުއަރީ ވާ އާދީއްތަ ދުވަހު
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (24)
31 ޖެނުއަރީ 2012 - 10:36
މިހާރު ވާހަކަ ހަޑިވެއްޖެ...ހަޤީޤަތުގައި އަބަދުވެސް ބިރުވެރި ވާހަކަތަކުގައި ވާގޮތް މިވީ ތަންކޮޅެއް ތަފާތުކޮށްލިނަމަ ރީތިވީސް..\nފަތިސްހަނދުވަރާ ވައްތަރުވާންވެސް އުޅޭކަހަލަ.
29 ޖެނުއަރީ 2012 - 21:24
ޕާފެކްޓް.........................................................
29 ޖެނުއަރީ 2012 - 10:57
ވެއިޓިން ފޯ ސޯޅަވަނަ ބައި..... ؟؟
29 ޖެނުއަރީ 2012 - 10:37
ވ.ސަޅި އަވަހައް އަނެއްބައި އަޕް ކޮއްބަލަ ޕަލީޒް؛؛؛؛؛؛؛
29 ޖެނުއަރީ 2012 - 08:55
ކަމަކުނުދޭ
28 ޖެނުއަރީ 2012 - 19:52
ވ ނައިސް
28 ޖެނުއަރީ 2012 - 16:56
މޫސާ ސައީދުގެ މިހާ ފޭކް ވާހަކަ އެއް ނުކިޔަން ކަމަކު ނުދޭ އެއް ގޮތަކަށް ވެސް.......................................
28 ޖެނުއަރީ 2012 - 12:32
ވަރަށް ސަޅި
27 ޖެނުއަރީ 2012 - 22:51
ބިރުން ހުން އައިސް ފިހިއްޖެ. ދެތިކި ޕީ...
27 ޖެނުއަރީ 2012 - 22:23
ސަޅި
ޚިޔާލެއް ލިޔުއްވާ!