އެމްއެންބީސީގެ ޢަމަލުތަކުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިފައިވާކަމަށް ޝަހީމު ވިދާޅުވެއްޖެ

27 ޖެނުއަރީ 2012 - 12:43

ދިވެހި ރައްޔިތުން 66 ވަނަ ގައުމީ ދުވަސް ފާހަގަ ކުރަމުން ގެންދަނިކޮށް ރައްޔިތުންގެ ބައިތުލްމާލުން ޚަރަދުކޮށްގެން ހިންގާ ރައްޔިތުންގެ މީޑިޔާއިން ޝައިޚް ޝަހީމުގެ ޝަހުޞިއްޔަތު ޤަތުލުކޮށް ބޭޒާރުކުރުމަށް ހިންގި ޢަމަލުތަކުން އިތުރު ހިއްވަރެއް ލިބިގެން ހިނގައްޖެ ކަމަށް ޢަދާލަތު ޕާޓީގެ އިސް ތަރުޖަމާން ކަންވެސް ކުރައްވާ ޝައިޚް މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޝަހީމް ވިދާޅުވީ، މިދިޔަ އުފާވެރި ޤައުމީ ދުވަހު، ޝަހީމްގެ ޢާއިލާއާއި ދަރީންނާއި ރަޙްމަތްތެރިންނާއި، ދަރިވަރުންނާއި އެކުވެރިން ހިތްދަތިކޮށް ރޮއްވާލުމަށް ޝަހީމްގެ ބޮލުގައި އެތައް އިލްޒާމް ތަކެއް އަޅުވައި އެޑިޓްކޮށްފައިވާ ވީޑިޔޯއެއް ދައްކައިގެން ޝަހީމްގެ ޝަޙްޞިއްޔަތު ޤަތުލުކުރުމަށް މަސައްކަތް ކޮށްފައި ވާކަމަށެވެ.

ޝަހީމް ވިދާޅުވީ މީހުންގެ ޝަޚްޞިއްޔަތު ޤަތުލުކުރުމާއި އަގުވައްޓާލުމުން، އެމީހުންނަށާއި، އެމީހުންގެ ޢާއިލާތަކަށާއި، މުސްތަޤްބަލަށް ކުރާނެ ނޭދެވޭ އަސަރު އެންމެ ބޮޑަށް އެނގޭނީވެސް މި ސަރުކާރުގެ ވެރިންނަށް ކަމަށާއި، ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ހިންގާ ރައްޔިތުންގެ މީޑިޔާއިން ރައްޔިތުންގެ އަބުރު ގެއްލުވާލުމަށް މަސައްކަތް ކުރުމުން ހިތާމަ ކުރައްވާ ކަމަށެވެ. ސިޔާސީ މަޤްޞަދަކަށްޓަކައި ޒާތީގޮތުން ދިމާކޮށް ކިތަންމެ ވަރަކަށް ފުރައްސާރަކޮށް ކިތަންމެ ބަދުނާމެއް ބޮލުގައި އަޅުވައި އޭނާގެ ޝަޚްޞިއްޔަތު ޤަތުލުކުރުމަށް ކިތަންމެ ވަރަކަށް ބިރު ދައްކައި ފަޟީޙަތް ކުރި ނަމަވެސް އޭނާގެ ފިކުރާއި ޒަމީރު އަޅުވެތި ނުކުރެވޭނެ ކަމަށް ޝަހީމްވަނީ ވިދާޅުވެފައެވެ.

ޝަހީމް އިތުރަށް ވިދާޅުވީ އޭނާގެ ބޮލުގައި އަޅުވާފައިވާ ޒިނޭގެ އިލްޒާމުތަކުން ބަރީއަވާކަމަށާއި، އެއަށްވުރެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު މާބޮޑު ކަމަށެވެ. އެހެން ކަމުން އޭނާއަށް ފުރައްސާރަކުރި އެންމެންނަށް މަޢާފްކުރައްވާ ކަމަށާއި އެމްޑީޕީ ސަރުކާރު މީޑިޔާއިން ގައުމީ ދުވަހު ޝަހީމްގެ އަބުރު ނަގާލުމަށް ހަދާފައިވާ ރިޕޯޓް ލިޔުއްވި ދެބޭފުޅުންވެސް އެހެން މީހުންގެ އަބުރާއި ޝަރަފް ނަގާލުމުގެ ކުރިން އަމިއްލަ ނަފްސު ހިސާބު ކޮށްލުމަކީ މުހިންމު ކަމެއްކަމަށް ޝަހީމްވަނީ ވިދާޅުވެފައެވެ.


+2
-3
ހީލްމީ
27 ޖެނުއަރީ 2012 - 22:24

އަމިއްލައަަައް ނުބައިކަންތައް ކޮއްފަ އެހެން މީހުންގެ ބޮލުގައި އަޅުވަން ނޫޅޭ، އެއީ އެޑިޓު ކޮއްފައި ވާ ވީޑިޔޯ އެއް ނޫން

+2
-0
އަލިފުތު
27 ޖެނުއަރީ 2012 - 21:44

ރައީސަށް ލިބިދީފައިވާ ބާރަކީ، އަނެއް ދެ ބާރު އިދާރީގޮތުން ހިންގުމަށް އެހީތެރިދިނުމުގެ ބާރެވެ. ފަހުބަސް ބުނުމުގެ ބާރު ލިބިދީފައިވަނީ، ސްޕްރީމްކޯޓަށެވެ. ޤާނޫނު ހެދުމުގެ ބާރު ލިބިދީފައިވަނީ، ރައްޔިތުންގެ މަޖިލީހަށެވެ. ރައީސާއެކު ަހަމަ އެކަުވެސް ހަލާކުގެތެރެއަށް ވެއްޓިގެންދާކަށް އަހަރެން ނޭދެމެވެ. އަވަހަށް ސަލާމަތްވާށެވެ. ޔާﷲ ރައީސާއެކު ހަލާކުވަމުންދަ އެންމެންނަށް ހެޔޮވިސްނުންދެއްވައި އެމީހުން ސަލާމަތްކޮށްދެއްވާދޭނވެ. އާމިން

+1
-3
އަންޖުމް
27 ޖެނުއަރީ 2012 - 17:58

ގައުމުގެ ރައީސް މިހާރުކަންކަންކުރަނީ ކަންކަންގޯސްކޮށްކުރާ ކަމަށްބުނީމަ އެބަޔަކަށް އުދަގުލާ ޖެއްސުން ނުވިތާކަށް އަމިއްލަބައިމީހުންލައްވައި ވަޅިހަރައި ޖާނާއި މާލަށް ގެއްލުންދެނީ އެޑްވައިޒަރު މެދުވެރިކޮށް ހަތްދޮގުހަދާ ދުވަހަކުވެސް ހިތަކާ ދުލަކާ ދިމައިނުވޭ މީ މުޖުރިމުން ކަމުން ރެކެންކުރާހާ ކަންތައްތައް ނަމަވެސް ހަމަޖެހިލާފައި ޝަހީމް އެއްވެސް ހާސްކަމެއްނެތި ތިހާމަކޮށްދިނީ އެވީޑިއޯ ތާއަބަދު ޕްރޮޕަގެންޑާ މީޑިއާޗެނަލްއިން ދައްކަމުން އެގެންދަނީ ހުސްދޮގުކަން ނަމަވެސް މީހުންގެއަބުރު ނަގާލުމަށްޓަކައި އެޑިޓްކޮށްފައި ނެރުނު ވީޑިއޯ މީގެކުރިންވެސް އެމީހުންނެރޭ ވީޑިއޯތަކާ ގާތްގުޅުމެއް އެބަހުރި މުޅިންވެސް ފޫނެއްފާޔަށް ފުރާނީ ފެން އެންމެ ހެއްވައީ އެވީޑިއޯއިން ފެންނައެއްޗަކާ ޕްރޮޕަގެންޑާ ފަތުރާ މީޑިޔާއިން ގެނެސްދޭ ރިޕޯޓަކާ ދިމައެއްނުވޭ ހެހެހޭތް

+7
-2
މުހައްމަދު
27 ޖެނުއަރީ 2012 - 14:16

ޝަހީމު ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ 2008ގައިވެސް ޝަހީމު މެންނާއި ހިޔާލުތަފާތުވި ފިކުރުތަފާތުވި ދުވަހަކުވެސް މިސަރުކާރުން ކުރަމުން މިދާފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގާފަކާ ނޯންނާނެ. އެދުވަސް އެއީ ދުވަހެއް މިއަދުވެސް މިއީ ދުވަހެއް ދެދުވަހުގެ ތަފާތު ނިކަން ދެނެ އަޒުމެއްކަނޑައަޅާ ހިތްވަރާއެކު މަސައްކަތް ކުރައްވާ

ދިޓީވީއަށް ޚިޔާލު ދެއްވުމަށް!