އައިވަރީ ކޯސްޓް މޮޅުވެ ގްރޫޕްގެ ކުރިއަށް

ލިޔުނީ ޝިމާޒް ޢަލީ
27 ޖެނުއަރީ 2012 - 12:11

ބުރްކިނަފާސޯ ކޮޅަށް ލަނޑު ޖެހުމަށްފަހު ކަލޫ

މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި އިއްޔެ އައިވަރީ ކޯސްޓް ކުޅުނު މެޗް އެޓީމުން ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނަ ހޯދައިފިއެވެ.

ބުރުކިނަ ފާސޯއާއި ދެކޮލަށް ކުޅުނު މިމެޗް އައިވަރީ ކޯސްޓްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ސޯޅަވަނަ މިނިޓްގައި ސަލޮމޮން ކަލޫވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރި ހޯދަދީފައެވެ. މިމެޗްގައި އައިވަރީ ކޯސްޓްއިން ޖެހި ދެވަނަ ލަނޑަކީ މެޗްގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ބުރުކިނަފާސޯގެ ކުޅުންތެރިއަކު ބައިކޮޅަށް ޖަހާފައިވާ ލަނޑެކެވެ.

މިގްރޫޕްގައި އިއްޔެ ސޫދާންއާއި ދެކޮޅަށް އެންގޯލާ ކުޅުނު މެޗް ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.


ދިޓީވީއަށް ޚިޔާލު ދެއްވުމަށް!