ފެޑެރަރ ބަލިކުރުމަށްފަހު ނަޑާލް ފައިނަލަށް

ލިޔުނީ ޝިމާޒް ޢަލީ
27 ޖެނުއަރީ 2012 - 12:10

ފެޑެރަރ ބަލިކުރުމަށްފަހު ނަޑާލް

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ރޮޖަރ ފެޑެރަރ ބަލިކުރުމަށްފަހު ނަޑާލް ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ނަޑާލް މިމުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 7-6، 6-2، 7-6 އަދި 6-4 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރުމަށްފަހުގައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި މިދެކުޅުންތެރިން 27 ފަހަރު ބައްދަލުކޮށްފައިވާއިރު އެމެޗްތަކާއި ޚިލާފަށް މިމެޗްގެ ގިނަ ވަގުތުތަކަކީ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުތަކެކެވެ.
 

2009ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރުމަށްފަހު ދެވަނަ ފަހަރަށް މިމުބާރާތް ކާމިޔާބުކުރުމަށް ނަޑާލް ނިކުންނައިރު އޭނާއާއި ދެކޮޅަށް ފައިނަލުގައި ކުޅޭނެ ކުޅުންތެރިއަކު ކަނޑައެޅިގެންދާނީ މިއަދު ނޯވަކް ޖޯކޮވިޗްއާއި އެންޑީ މުރޭ ބައްދަލުކުރާ މެޗަށްފަހުގައެވެ.


ދިޓީވީއަށް ޚިޔާލު ދެއްވުމަށް!