މީގެ ދެހަފްތާ ކުރިން ބަނޑޮސް އައިލެންޑް ރިސޯޓްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތިބޭފުޅުންނަށް އިވިވަޑައިގަތީ ރަމަޟާން މަހު އާންމުކޮށް ދިވެހީން ޝައުގުވެރިކަމާއެކު އަޑުއަހަމުން ގެންދާ ކީރިތި ރަސޫލާގެ ސިޔަރަތުގައި އަންނަ ޖާހިލިއްޔަ ޒަމާނުގެ ޖާހިލެއްގެ ބަސް ނޫންކަން ކަށަވަރުވެ ޔަގީންވެއެވެ.
ނަމަވެސް މިޢިބާރާތްތައް ދިވެހި މުސްލިމް ރައްޔިތުންގެ ކަންފަތްތަކުގައި ޖެހުމުން ސިޔަރަތުގައި އެކިޔާ ޖާހިލިއްޔަ ޒަމާނުގެ މަތީން ހަނދާން އާވާނެ ކަމީ ޔަގީންވާ ކަމެކެވެ. ޖާހިލިއްޔަ ޒަމާނުގައި އުޅުނު ބޮޑެތި ޖާހިލުން މިއުއްމަތުގެ ކީރިތި ރަސޫލާއަށާއި މުސްލިމުންނަށް މަލާމާތްކޮށް ހަދާއިރު މިފަދަ ބަސްތަކުން މުސްލިމުންނާމެދު މުހާތަބު ކޮށްފައި ހުރިކަން ސިޔަރަތުގެ ފަތްފުށްތަކުން އެނގި ހާމަވާން ހުރި ނަމަވެސް އެކާވީސް ވަނަ ގަރުނުގެ މުސްލިލް ގައުމެއްގެ ރައްޔިތުންގެ ވެރިއަކަށް ހޮވާފައި ހުރި ބޭފުޅަކު މިފަދަ ވާހަކައެއް ދައްކަވާފާނެ ކަމާމެދުވެސް އެރައްޔިތުންގެ ހިތުގައި މިވަނީ ސުވާލު އުފެދިފައެވެ.
މިއަދު މިގައުމުގައި ތިބި އިސްލާމުންނަށް މައްލަވަކުރައްވައި ދިމާކުރެއްވުމުގައި ކީރިތި ރަސޫލާ އުމުރުފުޅުން ނުވަ އަހަރުގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވި ވާހަކައާއި އެއްފަހަރާ އެތައް ބޭފުޅުންނަކާ ކައިވެނި ބައްލަވައިގަނެގެން އުޅުއްވި ވާހަކައާއި ބަކަރި ހުއި ހެއްޕެވި ވާހަކައާއި ޖާރިޔާއިން ގެންގުޅުއްވި ވާހަކަ ފަދަ ވާހަކަތައް ދައްކަވައި މުސްލިމުންނަކީ އެއްވެސް ތަރައްގީއެއް ގަބޫލުނުކުރާ ގަމާރު ޖާހިލު ބައެއްކަން ހާމަކޮށްދެއްވަން މިގައުމުގެ ވެރިމީހާ މަސައްކަތް ކުރައްވަމުން ގެންދަވާއިރުވެސް އެމަނިކުފާނުގެ ވަށައިގެން އެނބުރޭ ބޭބޭފުޅުން ތިއްބަވަނީ އެމަނިކުފާނުގެ މިވާހަކައިގައި ބައިވެރިވެ ތަރުހީބު ދެއްވުމަށެވެ. މިގައުމުގެ ވަލިއްޔުލް އަމްރަކީ ދީނީ ޢިލްމްވެރިއެއް ނޫންކަމަށް އެމަނިކުފާނު އަމިއްލަފުޅަށް އެތައް މުނާސަބަތެއްގައި ވިދާޅުވެފައި ވީނަމަވެސް މިއަދު މިފެންނަނީ ކޮންމެ މުނާސަބަތަކާއި ގުޅުވައިގެން އިސްލާމް ދީނާއި މުސްލިމުންގެ ނާތަހުޒީބީ ވާހަކައާއި މުސްލިމުންގެ ކަޓު ވާހަކަ ދައްކަވައި ދީނުގެ ހުކުމްތައް ނެރުއްވައި މެދުމިން ކިޔާދެއްވައި، މުސްލިމް އުއްމަތަށް ގޮންޖައްސަވަމުން ގެންދަވާ މަންޒަރެވެ.
އާންމު ގޮތެއްގައި މިފަދަ ވާހަކަތައް މިއަދު އިވެނީ އިސްލާމް ދީނުގެ އެންމެ ބޮޑެތި އަދުއްވުންގެ ކިބައިން ކަމަށްވާއިރު އެމީހުން މިވާހަކަތައް ދައްކައި އުޅެނީ އިސްލާމްދީނުގެ ފުރިހަމަކަމާއި އިސްލާމީ އުއްމަތަށް ލިބެމުންދާ ކާމިޔާބާއި ނަސްރާއި އިސްލާމް ދީނަށް ވަންނަ މީހުން މިއަދުވެސް އިތުރުވަމުން ދާތީ އެކަމަށް ޖަދަލު ކުރުމުގެ ގޮތުން ދައްކާނެ ވާހަކަ ހުސްވެ ބަސް ހުސްވުމުންނެވެ. ނަމަވެސް މިއަދު މިގައުމުގެ ވަލިއްޔުލް އަމުރުގެ ފަރާތުން އެފަދަ މީހުން ދައްކާ ޒާތުގެ ދީނާއި ޖަދަލުކުރުމުގެ ވާހަކަ ތަކެއް ތަކުރާރު ވަމުން ދާއިރުވެސް ޝަރުޢީ ގޮތުން ފަހުބަސް ބުނަންޖެހޭ ފަރާތްތައް ހަނުހިމޭންވެ އިނގިލީގައި ދަތްއަޅައިގެން ބަސްހުއްޓިފައި ތިބުމަކީ އެބޭފުޅުންގެ ވާޖިބުތައް އަދާކުރައްވާ މިންވަރާއިމެދުވެސް ސުވާލު އުފެދޭ ވަރުގެ ކަމެއް ކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ.
ހަމަގައިމުވެސް އެނގޭ އެއްޗަކީ މިއަދު އޮތް ސަރުކާރުގެ ތެރޭގައިވެސް ބަޔަކު އެބަތިބި ކަމާއި އޭގެތެރޭގައި އެމަނިކުފާނު އެވިދާޅުވާ ގޮތަށް ވުޟޫ ކޮށްގެން ބިންމައްޗަށް ތިރިވާ މީހުންވެސް އެބަތިބިކަމެވެ. އަދި މިދެންނެވި މީހުންގެ ތެރޭގައި އެވިދާޅުވާ ހިނދުކޮޅު ނާންނަ މީހުންނާއި ސައްވީސް ގަޑިއިރު ހަމައިގާ ތިބޭނެ ބަޔަކު ތިބޭނެކަމީ ކަށަވަރުވާ ކަމެކެވެ. ނަމަވެސް އެމީހުންގެ ވެރިމީހާ މިފަދަ ވާހަކަތައް ދައްކަވާއިރުވެސް އެއިން އެއްވެސް ބޭފުޅަކު ފަހަތަށް އެންމެ ފިޔަވަޅެއްވެސް އަޅުއްވައި ޗުއްޕުވެސް ވިދާޅުނުވާ ކަމީ އެމީހުން މިހާރު ތިބި ގޮތާއިމެދު ސުވާލު އުފެދޭނެ ޖާގައޮތް ކަމެވެ. ފަހަރެއްގައި މިއީ ތިރީސް އަހަރު ވެރިކަން ކުރެއްވި ވެރިމީހާ ކުރެއްވި ހުރިހާ ކަމެއް މިއަދުގެ ވަލިއްޔުލް އަމުރުވެސް ކުރައްވަމުން ގެންދަވާން ޖެހޭނެ ކަމަށް އެބޭފުޅުންނަށް ގަބޫލުކުރެއްވޭތީ ވެގެން އުޅޭ ގޮތަކަށް ވުމީވެސް އެކަށީގެންވާ ކަމެކެވެ.
ނިމިދިޔަ ތިރީސް އަހަރުގެ ވަލިއްޔުލް އަމުރަކީ ދީނީ ޢިލްމްގެ ފުންނާބު އުސް އުސްތާޒަކަށް ވުމުން އެމަނިކުފާން ދީނީ ނަސޭހަތް ދެއްވައި ދީނީ ވަޢުޟު ވިދާޅުވެ ދީނުގެ ވާހަކަ ދައްކަވާފައި ވާތީ އެންމެ ފަހުން އެކަންވެސް ކުރެއްވޭނެ ކަމަށް ދެކިވަޑައިގެން އެކަން ކުރައްވަން ފެއްޓެވީ ކަމުގައި ބައެއް ފަރާތްތަކުން މިހާރު ގަބޫލުކުރަން ފަށާފައިވާ ކަމަށް ބެލެވެއެވެ. އެކަމަމު ދިވެހީންގެ ވިންދާއި އިހުސާސްތަކާއި ލެޔާއި ގުޅިފައިވާ އިސްލާމް ދީނުގެ ވާހަކަތައް މިއަދުގެ ވަލިއްޔުލް އަމުރު ދައްކަވާއިރު އެމަނިކުފާނާއި ބައިވެރިވެޑައިގެން މެދުމިނަށް ތިރިވާ ވާހަކައާއި މެދުމިނަށް ތަބާވާ ވާހަކައާއި މިގައުމުގެ ރައްޔިތުންނާއި ދީނީ ޢިލްމްވެރިންނާއި ވިޔަފާރިވެރިންވެސް މިގައުމުގައި އުޅެން ޖެހޭނީ މެދުމިނަށް ތިރިވެގެން ކަމަށް ދައުވާ ކުރައްވަމުން ގެންދިއުމަކީ އެވިދާޅުވާ މެދުމިނަކީ ކޮބައި ކަމާމެދު ގިނަ ބަޔަކު މިހާރު ސުވާލު އުފައްދާ ކަމެކެވެ.
މިގައުމުގައި ގިނައީ އެމަނިކުފާނު އެވިދާޅުވާ މެދުމިނަށް ބޯލަނބާ ރައްޔިތުން ކަމަށް ވިދާޅުވެ އެމިނަށް ތާއީދު ނުކޮށް ވާހަކަ ދައްކާ މީހުންނަކީ ހަރުކަށި، ހައްދުފަހަނައަޅާފައިވާ ޠާލިބާން ޒާތުގެ ރައްޔިތުން ކަމަށް މުޅި ދުނިޔޭގައި އިޢުލާން ކުރެއްވުމަކީ މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހީންގެ އަގުވެއްޓި ދިވެހީންނަށް އެތައް ދުއްތުރާލަކާއި މަލާމާތެއް ރައްދުވާނެ ކަމަކަށް ވާއިރު ކޮންމެވެސް ފަރާތަކުން މިކަމުގެ ބަދަލު ހޯދައިދޭން ޖެހޭނެ ކަމީ މިއަދު ގިނަ ބަޔަކު ގަބޫލުކުރާ ކަމެކެވެ.
ސިޔާސީ މުފައްކިރުން ވިދާޅުވަނީ މިމަނިކުފާނު އެދައްކަވާ މެދު މިނުގެ ވާހަކައަކީ މިގައުމު، އަޑިއަށްދަނީ ކަމަށް ވިދާޅުވެ ހެކި ދައްކަވައި ވާހަކަ ދައްކަވައިގެން ޔަހޫދީންގެ ފަރާތުން މެޑައްޔާއި ފަށާއި ތަރިއާއި އެހީތައް ހޯއްދެވި ގޮތަށް، ސެލަސްބަރީގައި ހުންނަ އެމަނިކުފާނުގެ ފަރަންޖީ ސަފީރުފަދަ އިސްލާމް ދީނުގެ އަދުއްވުންގެ ކިބައިން ލޯތްބާއި އެހީއާއި މަދަދު ހޯއްދެވުމަށް ހިންގަވާ އަމަލުތަކެކެވެ. އަދި މިކަމަމީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެފަރާތްތަކުގެ އެހީ ހޯއްދެވި ބީދައިން 2013ގެ އިންތިޚާބަށްވެސް އެފަރާތްތަކުގެ އެހީއާއި މަދަދު ހޯއްދެވުމަށް ފާޅުގައި ފެއްޓެވި އާ ބާބެއް ކަމުގައި އެފަދަ ބޭބޭފުޅުން ވިދާޅުވެއެވެ. މިއީ މާދަމާއަށްޓަކާ ވިސްނާ، އިސްލާމް ދީނާއި ގައުމު ދެކެ ލޯބިވާ ދިވެހި ރައްޔިތުން ފުންކޮށް ވިސްނާ ފިކުރު ހިންގަން ޖެހޭ ކަމެއް ކަމުގައި ގަބޫލުކުރެވެއެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (4)
07 02 2012 - 11:38
ައަންނިއަކީީ މުނާފިގެއް
23 ޖެނުއަރީ 2012 - 12:36
އެއވެސް ރަށްދެއް ދޭކަށް ބޭނުމެއްނުވޭ، އެންގޭ މީހެއްގެ ގާތުން އޮޅުންފިލުވައިގެން ވާހަކަ ދެއްކެވިދާނެ އެކަމަކު، ދީނުގެ ޙުކުމްގެ ވާހަކަ ދީނީ ޢިލްމުވެރިއަކަށް ނޫނީ ނުދެއްކޭނެކަމަށް ޢިލްމްވެރިން ވިދާޅުވާތީ އަޑުއަހަން.
20 ޖެނުއަރީ 2012 - 01:45
ޑރ. މަޖީދު މިހާރު އެހުންނެވީ ދީނީ އިލްމެރިންދޫކުރައްވާ ސިޔާސީވެރިންގެ އަރިހު، ދީން ދިފާޢު ކުރެއްވުމުގެ ބަދަލުގައި ވެރިކަމާއި ސިޔާސަތު ދިފާޢު ކުރެއްވުމަށް، އިސްލާމް ދީނާއި އެއްކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން ދޫކުރައްވަވާ، ގަސްޛުގައި ނުވަތަ ނޭނގުމެއްގައި ވިޔަސް، އިދިކޮޅަށް ވާހަކަފުޅު ބިނާކުރެވޭ ބޭފުޅުންނާއި އެކު، ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ އިލާޙް ﷲ އިލްމެރިން އިބަރަސްކަލާނގެ މަގުގައި ތިބުމަށް ތަޢުފީޤް ދެއްވަވާންދޭވެ
18 ޖެނުއަރީ 2012 - 13:52
މީނަޔައް ދީނާބެހޭގޮތުން އަދި ގާނޫނާ ބެހޭ ގޮތުންވެސްވާހަކައެްނުދެއްކޭނެ ފެންވަރެއްވެސް ނުހުންނާނެ މަގުމަތީ ހޫރެނިކޮއް އަމިއްލައެދުމުންފޯވެފަ ތިބި ބަޔަކު އަމިއްލަ އެދުމައް ރަންއިލޮށިންކަދުރު ކެވޭނެކަމައްހީކޮއް ވެރިކަމައްލީމީހެއް މިއީ އެހެންވެ މިހާރު ރަންއިލޮށިވެސް ކަދުރުވެސް ނުކެވިގެން ހީކުރިގޮތާހިލާފައް ނުވުމުން މިހާރު ހަޅޭޢްއެލަވަނީ ......މުސްކުޅިންބުނޭނު އެއްފުޅައްމަތިން ފުންމާލާ ބަކަރި އަނެއްފުޅައްމަތިންވެސް ފުންމާނެޔޭ އެވަރު އެމީހުންނައްނޭގުނީ އަމިއްލައެދުންބޮޑުކަމުން. ދެންގޮސް ކޯޓޤތައްދޮށުގަ ތިބޭ އޭރުން ކަދުރުލިބޭނެ ...... .މިހާރުދެން ލަލަލާ....
ޚިޔާލެއް ލިޔުއްވާ!