ދިޓީވީ

2008 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހު ވުޖޫދަށް އައި ދިޓީވީއަކީ ރާއްޖޭގައި ފެށިގެންއައި ޑިމޮކްރެސީގެ އިސްލާހީ މަސައްކަތް ތަކުގެ ތެރެއިން ބްރޯޑް ކާސްޓިންގ މީޑިޔާ، މިނިވަން ކަމާއެކު ހުޅުވާލުމަށް ކުރީގެ ސަރުކާރުން ކުރި މަސައްކަތް ތަކުގެ ތެރެއިން ރާއްޖޭގައި އުފެދިގެން އައި އެންމެ ފުރަތަމަ ޕްރައިވެޓް ޓީވީ ސްޓޭޝަންއެވެ.

ބްރޯޑްކާސްޓިންގ މޯލްޑިވްސްއިން ހިންގާ ދިޓީވީގެ މައިގަނޑު މަގުޞަދަކީ މިނިވަން ކަމާއި ހަމަހަމަކަމާއެކު ދެފުށްފެންނަ ސިޔާސަތެއްގެ ދަށުން ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް ތަކުގެ ގިއުގަނޑުގެ ތެރެއިން ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމެވެ. މިމަގުޞަދު ހާސިލު ކުރުމުގައި ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަޙުގެ ހަލަބޮލި ކަމުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބަލައިގަންނަ ގޮތަށް، އިތުބާރާއެކު ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މިހާތަނަށް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތާރީޚުގައި ދިޓީވީއަށް ހާސިލު ކުރެވިފައިވާ މުހިންމު ލަނޑު ދަނޑިއެއް ކަމުގައި ދިޓީވީގެ އަހުލުވެރިންނާއި ގިނަ ސިޔާސީ ބޭފުޅުންވެސް ގަބޫލުކުރައްވައެވެ.

2008 ވަނަ އަހަރު ދިޓީވީގެ ޚިދުމަތް ރަސްމީކޮށް އިފުތިތާޙު ކޮށްދެއްވި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ދިޓީވީއާއި ބެހޭގޮތުން ވިދާޅުވެފައިވަނީ ދިޓީވީއަކީ ދިމުކްރާތީ ވެއްޓެއްގައި ވަރަށް ހަމަހަމަކަމާއި އިންސާފާއެކު ރައްޔިތުންނަށް ޚަބަރާ މައުލޫމާތު ފޯރުކޮށްދޭ ޓީވީ ޗެނަލެއް ކަމަށެވެ.

ޚަބަރާއި މައުލޫމާތުގެ އިތުރުން ދިޓީވީއަކީ ޒަމާނީ ކުލަތަކާއެކު ރާއްޖެއަށް ވަރަށް އާ އުފެއްދުންތައް ތައާރަފު ކުރަމުން ގެންދާ ޓީވީ ސްޓޭޝަނެއްކަން ބެލުންތެރިން ފާހަގަކުރެއެވެ. އެގޮތުން އެވިންސް މޮޑެލްގެ ނަމުގައި ރާއްޖޭގައި ބޭއްވު ފުރަތަމަ ރިއަލިޓީ ޝޯވްއެވެ. މީގެ އިތުރުން ރާއްޖެ ރަން އަޑުގެ ނަމުގައި ބޭއްވި ލަވަ ކިއުމުގެ މުބާރާތުގެ އިތުރުން ޑްރީމް ބޮޑީގެ ނަމުގައި ބާއްވާފައިވާ ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބަލައިގެންފައިވާ ޕްރޮގްރާމްތަކެކެވެ.

ދިޓީވީއަށް ޚިޔާލު ދެއްވުމަށް!