ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗް ރެއާލް މެޑްރިޑްއިން ކާމިޔާބުކޮށްފިއެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މިމެޗް މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފައިވަނީ ތިނެއް ދޭއްގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ސިޓީގެ އެޑިން ޖެކޯވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރި ހޯދަދީފައެވެ. ނަމަވެސް އޭގެ ހަތް މިނިޓް ފަހުން ރެއާލް މެޑްރިޑްގެ މާސެލޯވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެވަނަ ފަހަރަށް ސިޓީން މިމެޗްގައި ކުރި ހޯދާފައިވަނީ މެޗްގެ އަށްޑިހަ ފަސްވަނަ މިނިޓްގައި ކޮލަރޯވް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ދެ މިނިޓް ފަހުން ކަރީމް ބެންޒޭމާވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗުން ރެއާލް މެޑްރިޑް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗްގެ ފަހު މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (0)
ޚިޔާލެއް ލިޔުއްވާ!