މިހާރު ކުރިއަށްދާ ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް އާޖެންޓީނާ ބަލިކުރުމަށްފަހު ޗެކް ރިޕަބްލިކްއިން ހޯދައިފިއެވެ.
ޗެކް ރިޕަބްލިކްއިން މިމުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އާޖެންޓީނާއާއި ދެކޮޅަށް ކުޅުނު މެޗް ތިނެއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހުގައެވެ. އާޖެންޓީނާއަށް މިމުބާރާތުގެ ފައިނަލަށް ދިއުމުގައި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވަނީ ސިންގަލްސް ދެވަނަ މެޗްގައި ހުއާން މާޓިން ޑެލްޕޯޓޯ ކުޅުމަށް ހަމަޖެހިފައިވާ މެޗް އަނިޔާގެ ސަބަބުން އޭނާ ދޫކޮށްލުމުގެ ސަބަބުންނެވެ.
ދޭއް އެކެއްގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ކުރީގައި ވަނިކޮށް އިއްޔެ އާޖެންޓީނާގެ ކާލޯސް ބަރލޮކްއާއި ދެކޮޅަށް ޗެކް ރިޕަބްލިކްގެ ތޯމަސް ބާރޑީޗް ކުޅުނު މެޗް ބަރޑީޗްވަނީ ވަރަށް ފަސޭހަކަމާއެކު ހައެއް ތިނެއް، ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްފައެވެ.
މިމުބާރާތުގެ ފައިނަލުގައި ޗެކް ރިޕަބްލިކްއާއި ދެކޮޅަށް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕޭންއެވެ. ސްޕޭންއިން މިމުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި އެމެރިކާ ބަލިކުރުމަށްފަހުގައެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (0)
ޚިޔާލެއް ލިޔުއްވާ!