ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ބެޔާން މިއުނިކްއާއި އެންމެ ފަހުގެ ޗެމްޕިއަން ބޮރޫޝިޔާ ޑޯޓްމުންޑް ކުޅުނު މެޗްތައް މިދެޓީމުންވެސް ކާމިޔާބުކޮށްފިއެވެ.
ބެޔާން މިއުނިކްގެ އެލިއަންޒް އެރީނާގައި މެއިންޒްއާއި ދެކޮޅަށް ބެޔާން މިއުނިކް ކުޅުނު މެޗް އެޓީމުން ކާމިޔާބުކޮށްފައިވަނީ ތިނެއް އެކެއްގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ދެވަނަ މިނިޓްގައި ބެޔާން މިއުނިކްގެ މަންޒޫކިޗްވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރި ހޯދަދީފައެވެ، އަދި އޭގެ އެގާރަ މިނިޓް ފަހުން ޝްވަންސްޓައިގަރވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.
ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މެއިންޒްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުންވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިމެޗްގައި ބެޔާން މިއުނިކްއިން ޖެހި ތިންވަނަ ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހު މިނިޓްގައި ޓޯނީ ކްރޫޒްއެވެ.
ބުންޑެސްލީގާގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބޮރޫޝިޔާ ޑޯޓްމުންޑްއާއި ދެކޮޅަށް ބެޔާ ލެވަކޫސަން ކުޅުނު މެޗް ޑޯޓްމުންޑްއިން ކާމިޔާބުކޮށްފައިވަނީ ތިނެއް ސުމެއްގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޑޯޓްމުންޑްއިން ޖެހި ތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ހުމެލްސްއާއި ބްލަސްކޯސްކީ އަދި ލެވަންޑޯސްކީއެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (0)
ޚިޔާލެއް ލިޔުއްވާ!