ޖުމްހޫރީ ޕާޓީން ހުށަހެޅި ހަ ހާހަށްވުރެ ގިނަ ފޯމުގެ ތެރެއިން ދެހާހަށްވުރެ ގިނަ ފޯމް ބަލައި ނުގަނެ އަނބުރާ ފޮނުވާލާފައިވަނީ އިލެކްޝަންސް ކޮމިޝަނުގައި ހަރުދަނާ އެއްވެސް އުސޫލެއް ނެތިކަމުގައި ޖުމްހޫރީ ޕާޓީންބުނެފިއެވެ.
ދިޓީވީއަށް މަޢުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ރައީސް ޑރ އިބުރާހިމް ދީދީ، ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ބަލަންވާ ވަރަށް ނުބަލާ އެއްވެސް އުޞޫލެއް ނެތި ކަންކަން ކުރަމުން ގެންދިޔުމުގެ ސަބަބުން ޕާޓީތައް ކުރިޔަށް ގެންދިޔުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި، ބައެއް ޕާޓީތަކުން ހުށަހަޅާ ފޯމްތައް ކޮމިޝަނުން ބަލައި ނުގަނެ އަނބުރާ ފޮނުވާލަމުން ދަނީ އެއްވެސް ހަމައެއް އުޞޫލެއް ނެތި ކަމަށެވެ. މިކަން ހިނގާފައިވާ ގޮތް ސާފު ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވި، ކަމަށާއި ފޯމްތައް ރިޖެކްޓު ކުރި މައްސަލާގައި އެބޭފުޅުންނަށް ހަރުދަނާ އެއްވެސް ވާހަކަފުޅެއް ދެއްކެވިފައި ނުވާ ކަމަށެވެ.
ޑީޑީ ވިދާޅުވީ ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގައި ވަނީ ފޯމާއިއެކު ހުށަހަޅާފައިވާ އައިޑީ ކާޑުގައިވާ ފިންގަރޕްރިންޓާއި އެއްގޮތް ސައްޙަ ފިންގަރޕްރިންޓްތޯވެސް ބެލޭނެ އިންތިޒާމެއް ކޮމިޝަނުގައި ނެތް ކަމަށާއި، ކޮމިޝަނުން ފޯމްތައް ރިޖެކްޓް ކުރަމުން ދަނީ އަކުރެއްގައި ތިއްކެއް މަދުވުން ނުވަތަ ތާރީޚުގައި ޖަހާފައި އިންނަ ޢަދަދެއްގެ އެއްކޮޅަށް ދިގުވުން ފަދަ ތާކުންތާކު ނުޖެހޭ ކަންކަމުގައި ކަމަށެވެ. އެހެން ކަމުން އިލެކްޝަންސް ކޮމިޝަނުން ޕާޓީ ތަކާއި މެދު ހަމަހަމަކޮށް ޢަމަލު ކުރެވެމުން ނުދާކަމަށް ޑީޑީ ވިދާޅުވިއެވެ.
ޑީޑީ ވިދާޅުވީ، އެ ޕާޓީން ފޮނުވާ ފޯމްތައް ހަތަރު ފަސް މަސް ވަންދެން ޕްރޮސެސް ނުކުރެވި ކިޔުގައި ހުންނަ ކަމަށާއި، އެހާ ދުވަހަށްފަހު ފޯމް ރިޖެކްޓްކޮށް އަނބުރާ ފޮނުވާލުމުން އެކަމުގައި ކުރެވޭނެ މާބޮޑު ކަމެއްވެސް ނޯންނަކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ފޯމް ތަކެއް ބަލައި ނުގަނެ އަނބުރާ ފޮނުވާލި މައްސަލައިގައި ޕީޕީއެމުންވެސް ވަނީ އެކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (1)
13 ސެޕްޓެމްބަރ 2012 - 12:16
ކަސްޓަމްސްގައި ހުރޭ ސޮފްޓްވެއާއެއް ހަދާފައި ޑިކްލަރޭޝަން ފޯރމް ހަދަން. އެފަދަ އެއްޗެއް މިކޮމިޝަނުން ހަދާ އެފޯރމަށް އެންޓަރު ކުރަން ކަނޑައަޅާ މިންގަޑަކުން އެއަށް ކަނޑައެޅިގައި ހުންނަ ފޯރމަކުން ހުށަހެޅޭނެ ގޮތެއް ހަދާފައި ޕްރިންޓްކުރުމުގެ ކުރިން ކޮމިޝަނަށް ޕޯސްޓްކޮށް ކޮމިޝަންގެ ވެބްސައިޓްގައި ޕޯރޓަލް ހަދާފައި ޕާރތިތަކަށް އެންޓަރ ކުރުމާއި ޕޯސްޓްކުރުމުގެ އިޚްތިޔާރުދީފައިއޮތުމުން އެޕާރޓީއަކުން ކުރާ ޕޯސްޓެއް ކޮމިޝަނުން ބަލާނެވަރަކަށް ބަލާފައި ޕޯސްޓް އެޕްރޫވްކޮށް އެޕާރޓިއަކަށް އެންގިމާ ދެން އެޕްރުވްކުރި ފޯރމްތައް ކޮމިޝަނަށް ފައިސާ ދެއްކުމުން ކޮމިޝަނުން ޕްރިންޓްކޮށް ތައްގަނޑުޖަހާފައި ފައިލްކުރުމާއި އެޕާރޓީއަކަށް ކޮޕީ ދޭ ނިޒާމެއް ޤާއިމްކުރާނަމަވެސް މިއަށްވުރެ ރަނގަޅުވާނެދޯ.
ޚިޔާލެއް ލިޔުއްވާ!