މިމަހުގެ އަށާވީސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސީމެގްގެ ބައްދަލުވުމުގައި އެގްރޫޕްގެ އެޖެންޑާއިން ރާއްޖެ ނަގާނެކަމުގެ ޔަގީންކަން މެންބަރު ގައުމުތަކުން ލިބިފައިވާކަމުގައި ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ، ސީމެގްގެ މެންބަރު ގައުމުތަކާއިއެކު އިއްޔެ ކުރިއަށްދިޔަ ޓެލެ ކޮންފަރެންސްގައި ސީމެގްގެ އެޖެންޑާއިން ރާއްޖެ ނެގުމާމެދު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން އަށް ގައުމަކާއިއެކު އިއްޔެ ކުރެވުނު މަޝްވަރާގައި ރާއްޖެ އެޖެންޑާއިން ނެގުމަށް ހަތް ގައުމަކުން ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފައިވާއިރު ރާއްޖެ އެޖެންޑާއިން ނެގުމަށް ދެކޮޅު ހައްދަނީ އެންމެ ގައުމަކުންކަމަށް އައްބާސް ވިދާޅުވިއެވެ.
އިއްޔެގެ ޓެލެ ކޮންފަރެންސް ކުރިއަށްދިޔަ ގަޑިޔަކީ ބައެއް ގައުމުތަކަށް ފަތިހުގެ ވަގުތަށް ވުމުން މެންބަރު ހުރިހާ ގައުމަކާއި ވާހަކަ ނުދެކެވުނު ކަމުގައި ވީނަމަވެސް ސަރުކާރުން އެގައުމުތަކާއި މަޝްވަރާކުރަމުންދާކަމަށް އައްބާސް ވިދާޅުވިއެވެ. އައްބާސް ވިދާޅުވީ އިއްޔެގެ ބައްދަވުމުގައި މެންބަރު ގައުމުތަކުންވެސް ކޯނީގެ ރިޕޯޓަށް ފުރިހަމައަށް ތާއީދުކުރިކަން ހާމަކޮށްފައިވާކަމަށެވެ. އިއްޔެގެ ވާހަކަތަކުން ސަރުކާރަށް ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާކަމަށާއި، އަދި އެޖެންޑާއި ރާއްޖެ ނެގޭނެ ކަމުގެ ވަރަށް ބޮޑު ޖަގީންކަމެއް ސަރުކާރަށް ލިބިފައިވާކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (0)
ޚިޔާލެއް ލިޔުއްވާ!