އައްޑު އަތޮޅު ގަމު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް، ވަރަށް އަވަހަށް އަމިއްލަ ފަރާތަކާއި ހަވާލުކުރައްވާނެ ކަމުގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ސ. ގަމު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލު ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްބުނެ އެކަމާއި ދެކޮޅަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދަނިކޮށް، އައްޑޫ ސިޓީގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގަން އެއަރޕޯރޓަށް ގިނަ ފްލައިޓްތަކެއް ދަތުރު ކުރެވޭނެ މަގުތައް ހުުޅުވިގެން ދިއުމަކީ ދިވެހިންނަށް ލިބޭނެ ކުރިއެރުމެއްކަމަށާއި އަބަދުވެސް ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް މަންފާކުރާނެ ގޮތްތަކަށް ކަންކަން ކުރުމަށްކަމަށެވެ. އެގޮތުން ހދ. ހަނިމާދޫ އެއާޕޯޓް މިއަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ އެއަރޕޯރޓަކަށް ތަރައްގީ ކުރުމުގެ އިތުރުން ގަން އިންޓާނޭޝަނަލް އެއާޕޯޓް ވަރަށް އަވަހަށް އަމިއްލަ ފަރާތަކާއި ހަވާލު ކުރެވިގެންދާނެކަމަށާއި މީގެސަބަބުން ގައުމަށްވެސް ފައިދާތަކެއް ލިބިގެންދާނެކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހދ. ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއަރޕޯރޓެއްގެ ގޮތިގައި ތަރައްގީ ކުރުމުން ބައިނަލްއަޤްވާމީ ފްލައިޓް ތަކުގެ ސީދާ ދަތުރުތައް އެބަނދަރަށްވެސް ފެށޭނެ ކަމަށެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (0)
ޚިޔާލެއް ލިޔުއްވާ!