ކުނި ނައްތާލުމުގެ މައްސަލައަކީ މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމުގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ގއ. ކޫއްޑޫގައި ތަރައްގީކުރި އެއާޕޯޓް ހުޅުވުމަށް ރައީސުލްޖުމުހުރިއްޔާ ކުރެއްވި ދަތުރުފުޅުގައި، އެއަތޮޅު މާމެންދޫގައި ތަރައްގީކުރާ ކުނި ނައްތާލުމުގެ މަޝްރޫއާއި، މިސްކިތެއް ބިނާކުރުމުގެ މަސައްކަތާއި، ފެންޕްލާންޓެއް ގާއިމްކުރުމުގެ މަޝްރޫޢު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދިމާވަމުންދާނެ މައްސަލައެއްކަމަށާއި އެކަން ވީހާވެސް އަވަސް މުސްތަގުބަލެއްގައި ހައްލުކުރަންޖެހިފައިވާކަމަށެވެ. އެގޮތުން، ކުރީ ޒަމާނުގައި ކުނި ނައްތާލާގޮތް ބަދަލުކޮށް، އުކާލެވޭ ކުނި ބޭނުންކޮށްގެން އުފެއްދުންތައް އުފެއްދިދާނެ މާއްދާތައް ސަލާމަތްކޮށް އަލުން އޭގެ ބޭނުންކުރެވޭނެ ގޮތްތަކެއް ހޯދަންޖެހިފައިވާކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މާމެންދޫގައި ބިންގާ އެޅުއްވި ހަތްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތާއި، ފެންޕްލާންޓްގެ މަސައްކަތަކީ ސަރުކާރުގެ ޚަރަދުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކެކެވެ މާމެންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަތައް ހައްލުކުރުމަށް ފެއްޓެވި މަޝްރޫއަކީ މުހައްމަދު އަލީ ޖަނާހު އެރަށަށް ހަދިޔާކުރެއްވި މަޝްރޫއެކެވެ. މިރަސްމިއްޔާތުގައި ޖަނާހު ވިދާޅުވީ މާމެންދޫއަށް ހަދިޔާކުރެއްވި ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަކީ އެއަތޮޅު ވިލިނގިލީގައި ގާއިމު ކުރެވިފައިވާ ފަދަ ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ ނިޒާމެއް ކަމަށެވެ.
ދިޓީވީއަށް ޚިޔާލު ދެއްވުމަށް!
ކިޔުންތެރިންގެ ޚިޔާލު (0)
ޚިޔާލެއް ލިޔުއްވާ!