އޮޒިލްގެ ލަނޑާއެކު ޖަރުމަނު މޮޅުވެއްޖެ

12 ސެޕްޓެމްބަރ 2012 - 13:50

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އޮސްޓްރިއާ އާއި ދެކޮޅަށް ޖަރުމަނު ކުޅުނު މެޗް ޖަރުމަނުން ކާމިޔާބުކޮށްފިއެވެ.

އިސްޓްރިއާގައި ކުޅުނު މިމެޗް ޖަރުމަނުން ކާމިޔާބުކޮށްފައިވަނީ ދޭއް އެކެއްގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާގެ މާކޯ ރިއުސްވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ކުރި ހޯދަދީފައެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓްގައި ޖަރުމަނަށް ލިބުނު ޕެނަލްޓީއަކުން މެސުޓް އޮޒިލްވަނީ ލަނޑެއް ކާމިޔާބުކޮށް ދެޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
މިމެޗްގައި އޮސްޓްރިއާއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗްގެ ފަންސާސް ހަތްވަނަ މިނިޓްގައި ޒްލަޓްކޯ ޖުނުޒޮވިޗްއެވެ.

ގްރޫޕް ސީގައި ކުޅުނު މިމެޗް ޖަރުމަނުން ކާމިޔާބުކުރުމާއެކު އެޓީމުވަނީ މިހާތަނަށް ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަޤާމް ހޯދާފައެވެ.


ދިޓީވީއަށް ޚިޔާލު ދެއްވުމަށް!