ނަޝީދުގެ ޝަރީއަތް ރާއްޖޭގައި ހިންގިދާނެ ކަމާއިމެދު އުފައްދާ ސުވާލު

07 ސެޕްޓެމްބަރ 2012 - 14:56

އަމިއްލައަށް ވެރިކަމުން އިސްތިޢުފާ ދެއްވި ނަޝީދުގެ ވެރިކަމުގައި ނަޝީދު އިސްވެ ހުންނަވައިގެން ހިންގަވާފައިވާ ގާނޫނާ ޚިލާފު ގިނަ ކަންތައްތަކެއް މިހާތަނަށް ކަމާބެހޭ މިނިވަން މުއައްސަސާތަކުން ނެރެ އާންމުކޮށްފައިވާ ރިޕޯޓް ތަކުގައި ފާހަގަ ކޮށްފައި ހުރިއިރު މީގެތެރެއިން ގިނަ ކަންކަމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށާއި ރައްޔިތުންނަށް ނޭނގޭ ކަންތައްތަކެއްނޫންކަން ކަށަވަރެވެ.

މިހާތަނަށް އެކި މުއައްސަސާ ތަކުން ނެރެފައިވާ ތަހުގީގީ ރިޕޯޓްތަކުގައިހުރި ނަޝީދުގެ މައްސަލަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށް ނިޒާމުގެ ތެރެއިން ގެއްލުވާލި މައްސަލަ ކޮންމެވެސް ސިފައެއްގައި ތަހުގީގު ކުރުމަށް ޕީޖީން ކޯޓަށް ހުށައަޅާފައިވާއިރު މިޝަރީޢަތް ހިނގައި ނިމިދާނެ ގޮތް ނަޝީދަށް މިހާރުވެސް ވަރަށް ރަނގަޅަށް ސާފުވެފައިވާކަން ނަޝީދުގެ ވާހަކަތަކުން ހާމަވެއެވެ. ނަޝީދު އެންމެ ފަހުން މިމައްސަލައިގައި ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު ނަޝީދުގެ ކިތަންމެ ބޮޑު މައްސަލައެއް ބަޔަކު ތަހުގީގު ކުރަން އުޅުނަސް ނަޝީދުގެ މައްސަލައެއް ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބެލޭކަށްނެތެވެ. ރާއްޖޭގެ ޝަރުޢީ ނިޒާމަކީ ނަޝީދުގެ މައްސަލައެއް ބެލޭވަރުގެ ގާބިލުކަމެއް، ކުޅަދާނަކަމެއް ހުރި ނިޒާމެއް ކަމަކަށް ނަޝީދަކަށް ގަބޫލުފުޅެއް ނުކުރެއްވެއެވެ. ނަޝީދު ވިދާޅުވެފައިވަނީ ތިމަން މަނިކުފާނުގެ ޝަރީޢަތެއް، ރާއްޖޭގެ ފަނޑިޔާރުންނަށް ހިންގާ ގެންގޮސް ނިންމާލެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި ނަޝީދުގެ ޝަރީއަތް ހިންގަން ފެށުމާއެކު ނަޝީދަށް ތާއީދު ކުރާ ހުޅަނގުގެ ގައުމުތަކުން ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއަށްވަދެ، އަތްބާނައި، ހުއްޓުވާނެ ކަމަށެވެ، އަދި ނަޝީދު ވިދާޅުވަނީ އެހާހިސާބުން ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކުރެވި ރާއްޖޭގެ ޝަރީޢަތް ހިންގާނެ އިޖްރާއަތްތައް ނެތްކަމާއި ކޯޓުތައް ހިނގަމުންދަނީ އެއްވެސް އުސޫލެއް ހަމައެއްލަމައެއް ނެތިކަން ސާބިތުވެގެންދާނެ ކަމަށެވެ. ނަޝީދު ވެރިކަމަށް ވަޑައިގެންނެވީއްސުރެ ޝަރުޢީ ދާއިރާއަށް ކުރިމަތި ކުރުވަމުން ގެންދެވި ގޮންޖެހުންތަކާއި ކޯޓުތަކާއި ފަނޑިޔާރުންނާއިމެދު ނަޝީދު ގެންގުޅުއްވި އުސޫލުތަކާއި ރާއްޖޭގެ ފަނޑިޔާރުގެ ތަކާއި ފަނޑިޔާރުންނަކީ އެއްވެސް ބައެއް ނޫންކަމަށް ދެކި ފަނޑިޔާރުންނާއި ފަނޑިޔާރުގެ ތަކުގެ އަގުވައްޓާލުމަށް ނަޝީދު ހިންގެވި އަމަލުތަކުގެ ސަބަބުން ނަޝީދަކީ ރާއްޖޭގެ ފަނޑިޔާރުންނާއި ފަނޑިޔާރުގެތަކާއިމެދު ކޮންގޮތަކަށް ދެކިވަޑައިގަންނަވާ ބޭފުޅެއްކަން ކަށަވަރުވެ ޔަގީންވެއެވެ. ދިގު ތާރިޚެއް އޮތް އިސްލާމް ދީނުގެ މަތިވެރި އުސޫލްތަކާއި ހަމަތަކާއި އެއްގޮތަށް ހިނގަމުންދާ ރާއްޖޭގެ ޝަރުޢީ ނިޒާމަކީ އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފުންނާބުއުސް ތަޢުލީމީ ބޭފުޅުން އެންމެ ގިނަ އެއްދާއިރާ ކަމަށްވީ ނަމަވެސް ނަޝީދު ވިދާޅުވަނީ ރާއްޖޭގެ ފަނޑިޔާރުގޭގައި ތިއްބެވި ގިނަ ފަނޑިޔާރުންނަކީ ގްރޭޑް ތިނެއްގެ ތަޢުލީމީ ފެންވަރުވެސް ނެތް ބައެއް ކަމަށެވެ.

ނަޝީދު ގަބޫލުކުރައްވާ ގޮތުގައި ރައްޖޭގައި އޮންނަންވާނީ އެންމެ ޒަމާނީ ހުޅނަގުގެ ތަހުޒީބީ ޝަރުޢީ ނިޒާމެކެވެ. އެނިޒާމުގެ ތެރޭގައި ނަވީ ޕިއްލޭ އެވިދާޅުވާ އިންސާނީ ހައްގުތަކުގެ ތެރޭގައި ހިމެނޭ އެއްޖިންސުން ކައިވެނި ކުރުމުގެ ހުއްދައޮންނަންޖެހެއެވެ. ޒިނޭގެ ހައްދު ޖެހުން މަނާވެ މަރަށްމަރު ހިފުމުގެ ހުކުމް ބާތިލުވާންޖެހެއެވެ. ނަޝީދުގެ ޝަރީއަތް ރާއްޖޭގައި ނުހިނގާނެ ކަމަށް ވިދާޅުވާ އެއްސަބަބަކީ ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ މިފަދަ ކަންކަން ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ފުރިހަމަ ނުވާތީ ކަމަށް ގަބޫލުކުރެވެއެވެ. ނަޝީދުގެ ޝަރީޢަތް ރާއްޖޭގައި ހިންގަން ފެށުމުން ނަޝީދުގެ އެކުވެރި އިނގިރޭސިންނާއި އެމެރިކާ މީހުން ރާއްޖެއައިސް އެކަން ހުއްޓުވާނެ ކަމަށް ނަޝީދުގެ ޕާޓީގެ މެންބަރުންނަށް ވިސްނައި ދެއްވަން މަސައްކަތް ކުރައްވަނީ ނަޝީދު ވެރިކަން ދޫކޮށްލައްވައި މަގުތަކަށް ނުކުމެވަޑައިގެން ހަމަނުޖެހުން ހިންގަން ފެށުމުން އެމެރިކާއާއި އިނގިރޭސިން އިރާގަށް އެރި ބީދައިން އެމީހުން ރާއްޖެ އަރައި ނަޝީދަށް ވާގިވެރިވެދޭން މަސައްކަތް ކުރާނެ ކަމަށްބުނެ ޕާޓީގެ މެންބަރުންނަށް ވިސްނަވައިދެއްވި ބީދައިން ކަމަށްވުމީ އެކަށީގެންވާ ކަމެކެވެ.

މިއަދު ނަޝީދުގެ ބަހަށް ހެއްލިފައި ތިބި ބަޔަކު އެކަން އެގޮތަށް ހިނގައިފާނެ ކަމަށް ގަބޫލުކުރި ނަމަވެސް މުޖުތަމަޢުތައް ބައިބައިކޮށްގެން ވެރިކަން ހިންގުމުގެ އުސޫލުތަކެއް ގެންގުޅޭ ނުވަތަ ޑިވައިޑް އެންޑް ރޫލްގެ އުސޫލު ގެންގުޅޭ އިނގިރޭސިން ރާއްޖެ އައިސް ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއަށް އަތްބާނައި ރާއްޖޭގައި ހިނގަމުންދާ އިސްލާމީ ޝަރީއަތް ބަދަލުކޮށް ނަޝީދުގެ ޝަރީއަތް ރާއްޖޭގެ ކޯޓުތަކުގައި ނުހިންގުމަށް އަންގާނެ ކަމަކަށް ހަމަބުއްދިހުރި އެއްވެސް މީހަކު ގަބޫލުނުކުރާނެކަން ކަށަވަރެވެ. އަދި މިފަދަ އެންގުމަކަށް ރާއްޖޭގެ ސަރުކާރުންވެސް އެއްވެސް މިނިވަން މުއައްސަސާއަކުންވެސް ޝަރުޢީ ނިޒާމުންވެސް ތަބާވާނެކަން ކަށަވަރެވެ. ރާއްޖޭގެ ޝަރުޢީ ނިޒާމު ވަކި ބަޔަކު ބޭނުންވާ ގޮތަށް ހިންގުމަކީ ކަމާބެހޭ އެއްވެސް ފަރާތަކުން ގަބޫލުކުރާނެ ކަމެއް ނޫންކަން ކަށަވަރުވެ ޔަގީންވެއެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމަކީ ނަޝީދުގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ނިޒާމެއް ކަމަށް ނަޝީދަށް ގަބޫލުކުރެއްވޭނަމަ އެއީ ނަޝީދަށް ވެރިކަން ލިބިވަޑައިގެންނެވުމުން ފެނިވަޑައިގެން އުޅުއްވި ކަހަލަ އަވާ މެންދުރެއް ކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. ނަޝީދުގެ ވެރިކަމުގައި ނަޝީދު ބޭނުންފުޅުވި ގޮތަށް ރާއްޖޭގެ ޝަރުޢީ ނިޒާމު ކޮށާ ކުދިކޮށް އަލުން އަތުރާލައި ނަޝީދު ބޭނުންވާ ބަޔަކު އެތަނަށް ލައްވައިގެން ހިންގަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވެ ވަޑައިގެންނެވުމުން ފަނޑިޔާރުންނަށް ބިރުދައްކަވައި ކޯޓުތަކުގެ ދޮށުގައި މުޒާހަރާކުރުވައި ސްޕްރީމް ކޯޓުގައި ތަޅުއަޅުވައި އުއްތަމަ ފަނޑިޔާރަށާއި އިސް ފަނޑިޔާރުންނަށް ބިރުދައްކަވައި ފަނޑިޔާރުންގެ ގޭދޮށަށް އެކްޓިވިސްޓުން އެއްކޮށްގެން މުޒާހަރާކޮށް، މަގުމަތީގައި ކޯޓު ހުޅުވައިގެން ޝަރީއަތް ހިންގުމަށް ތަރުހީބުދެއްވައި މުޅި ޝަރުޢީ ނިޒާމުގެ އަގު، ވައްޓާލުމުންވެސް ނަޝީދުގެ މަސައްކަތް ކާމިޔާބު ނުވިކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.

އިސްލާމްދީނާއި އިސްލާމީ ޝަރީޢަތާއި އެންމެ ދެކޮޅު އިނގިރޭސިންނާއި ހުޅަނގުގެ އެހީ ހޯއްދަވައިގެން ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަންކަން ފަހިކޮށް ނަޝީދުގެ ޝަރީއަތްތައް ރާއްޖޭގައި ނުހިންގުމަށް އެމީހުން ކިތަންމެ ބާރެއް އެޅި ނަމަވެސް ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ނުހިންގޭނެ އެއްވެސް ދިވެހި ރައްޔިތެއްގެ މައްސަލައެއް އޮވެގެން ނުވާނެކަމީ ގާނޫނު އަސާސީއާއި ގާނޫނުތައް ހެކިދޭ ކަމެކެވެ.


+0
-0
އަޙްމަދު
03 އޮކްޓޯބަރ 2012 - 13:52

ރައީސް ނަޝީދު ކިތަންމެފަހަރަކު އެހެން ވިދާޅުވިއަސް އެކަމާ ބިރުގަންނާކަށްނެޖެހޭ. ނަޝީދުގެ މައްސަލަތައް އަވަހަށް ބަލައި ޤާނޫނުގައިވާ ގޮތަށް މަސައްލަތައް ނިންމުމަށް ގޮވާލަން. ނަޝީދު ކޯޓަށް ޙާޟިރު ކުރާ ދުވަހު ކޯޓުދޮށަށް އެއްވެ އެބޭފުޅާގެ ސަޕޯޓަރުން ކޯޓުގެ ހުރުމަތް ކަނޑާލައިފިނަމަ އެފަދަ ފަރާތްތައްވެސް ކޯޓަށް ޙާޟިރުކޮށް ހުކުމްތައް ކުރަންފެށީމާ ހަމަޔަކަށް އެޅިގެންދާނެކަމަށްފެނޭ.

+0
-0
ޒަބޭ
03 އޮކްޓޯބަރ 2012 - 12:31

ރާއްޖޭގައި ޝަރީޢަތް ހިންގަންޖެހި ޙާޒިރުނުކުރެވި ވަނީ ނަޝީދު އެކަންޏެއްނޫން. ޢައިރުޙާޒިރުގައި ވެސް ޝަރީޢައް ނިންމަމުން ގެންދޭ. ވީއިރު ތިޝަރީއަތް ނުކުރެވިގެން ކަންބޮޑުވާންވީ ޝަބަބެއްނެތް. ނަމަވެސް...... މިގޮތަށްވެސް ނިންމާލެވިދާނެ. އަނެއްގޮތަކީ ޙަޤީޤަތުގައިވެސް އިންސާފު ހޯދައިދޭން އުޅުން. މިފުރުޞާތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ވިސްނުންތެރިކަމާއި އެކު ޝަރުްޢީނިޒާމްގައި ހުރި މައްސަލަތައް ބަލާ ފައިސާ ޚަރަދުކުރަންތިބި ރައްޔިތުންގެ ބަސްހޯދައި ބަޙުސަށް ހުޅުވާލާ ކުރަންވީ ކަންކަން މަޝްވަރާމޭޒަކުން ފާހަގަކޮށް ކުރުމުއްދަތަކަށް އަމާޒުކޮށް އެކުޝަން ޕްލޭނެއްހަދާ ކަންކަން އިސްލާޙުކުރުން. އެގޮތުން ކޯޓްތަކުގެ ބެލެނިވެރިފަރާތުގެ މިހާރުގެޙާލަތު އިޞްލާހުކުރުން . ޤާނޫނުތަކާއި އިޞްލާހުތައް ވުޖޫދަށް ގެނެވި އޭގެފަހުން ތިޝަރީޢަތްކުރަން މަޑުކުރުން ރަގަޅީ. މިދެންނެވީ ބަންޑާރަފޮށިން ޚަރަދުކުރާ 3 ބާރު އޮވެ އެބައެއްގެ ޝަރީޢަތް އެބަޔަކު ކުރާގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއްނަމަ އަނެއް ދެބާރުގެ ވެރިންގެ މައްސަލަތައް އެދާއިރާތަކަށް ދޫކޮށްލުންރަގަޅުވާނެ ވާހަކަ. އިންސާފަކީ އެއީކަންނޭގެ. ނޫންނަމަ އެކިމީހުނަށް އެކިގޮތޭ އޮންނަނީ ކިޔޭގޮތްވާނީ. މިދެންނެވިގޮތުން އެމީހުންވެސް ކަންކަން ނިންމާނީ އިދާރީގޮތުން. ޝަރުްޢީ ދާއިރާގެ މީހުން ޝަރްޢީގޮތުން. އޭރުންއެއްބާރުން އަނެއްބާރަށް ނުފޫޒުފޯރުވޭގޮތެއްނުވާނެ. މިއީ ހެއްވާ ގޮތަކަށްވިޔަސް މިރާއްޖޭގައި އަދި އޮންނަންވީ މިކަހަލަ ގޮތަކަށް ކަމަށް ފެންނަނީ. އެހެންނޫނީ ޖުޑީޝަލް ސާރވިސް ކޮމިޝަނަކީ ކަންކަން އަވަހަށް ނިންމޭފަދަ އެހެންމީހުންގެ ބާރު ނުފޯރުވޭ މުސްތަޤިއްލު ތާކަށް ހަދާ ޒިންމާދާރުކުރުވަންވީ. ނަންނަމުގައި ތަންތަންހުއްޓަކަސް އިންސާފެއްނުލިބޭނެ. ކަމެއް ޙައްލެއްވެސް ނުވާނެ. ބަންޑާރަފޮށިހުސްކުރެވިދާނެ. ރައްޔިތުންދަރަނިވެރިކޮށް ބަޑަށްވެސް ޖެއްސިދާނެ. ކަމެއް ރަގަޅެއްނުވާނެ. އަގައިންޗޯ ބަހުންމެޓާ... ވިޔަކަސް. ހައްތާވެސް އުޅެވެނީ............. އެހެންނު........ދޯ.....؟

+1
-0
އާމަސް
17 ސެޕްޓެމްބަރ 2012 - 23:24

ކުރީގެ ރައިސް ކެނެރީގޭ ނަޟީދުގެ ސަރީޢަތްތައް ބަލަން ޖެހޭނީ ދަ ހޭގުގެ ކޯޓަކުން ކަމަށް ދެކެމެވެ.

ދިޓީވީއަށް ޚިޔާލު ދެއްވުމަށް!