ނަޝީދު ދައްކަވަމުންދާ ތަފާތު ވާހަކަތައް...

03 އޯގަސްޓް 2012 - 15:16

ހިލޭ‮ ‬ބޭސްފަރުވާ‮ ‬ކުރުމުގެ‮ ‬ވާހަކައާއި‮ ‬ފްލެޓްއަޅައިދޭ‮ ‬ވާހަކައާއި‮ ‬އަތްފޯރާފަށަށް‮ ‬ތަކެތީގެއަގުތައް‮ ‬ތިރިކޮށްދޭވާހަކައާއި‮ ‬ހަވީރުފިންޏަށް‮ ‬އަނެއްރަށުގައިހުންނަ‮ ‬އާއިލާގެ‮ ‬މީހާގާތަށްގޮސް‮ ‬އެކުގައި‮ ‬އައިސްކްރީމް‮ ‬ބޯލައިގެން‮ ‬ރޭގަނޑު‮ ‬ނިދަން‮ ‬އެނބުރި‮ ‬ރަށަށްއާދެވޭނެ‮ ‬ވާހަކައާއި‮‮ ‬ރިސޯޓްގައި‮ ‬ވަޒީފާއަދާކުރާމީހާގެ‮ ‬އަނބިމީހާ‮ ‬ބަލިވެއިނީއްސުރެ‮ ‬ވިހަންދެން‮ ‬އަޅާލާ‮ ‬ވާހަކައާއި‮ ‬‬ދެހާސްރުފިޔާ‮ ‬ދިނީމާ‮ ‬މަރިޔަނބުދައިތައަށް‮ ‬ހުރިހާކަމެއްފުރިހަމަވެ‮ ‬ހިތްހަމަޖެހިގެން‮ ‬އިންނަވާހަކައަކީ‮ ‬‬‮އަމިއްލައަށް‮ ‬އިސްތިޢުފާދެއްވި‮ ‬ގަލޮޅުކެނެރީގޭ‮ ‬މުހަންމަދު‮ ‬ނަޝީދު‮ ‬އަބަދު‮ ‬ތަސްބީހައެއް‮ ‬ވިދާޅުވާ‮ ‬ފަދައިން‮ ‬ދައްކަވާ‮ ‬ބާ‮ ‬ވާހަކައެއްކަން‮ ‬ނަޝީދު‮ ‬ގަބޫލުކުރައްވާ‮ ‬އަންނަންޖެހޭ‮ ‬ހިނދުކޮޅު‮ ‬ނާންނަ‮ ‬ސައްވީސްގަޑިއިރު‮ ‬ހަމައިގާތިބޭ އެންމެހާ‮ ‬ދިވެހީން‮ ‬ގަބޫލުކުރާނެކަމީ‮ ‬ޝައްކެއްވެސްއޮތް‮ ‬ކަމެއްނޫނެވެ‮.

ނަޝީދު‮ ‬ވެރިކަންހޯއްދަވަން‮ ‬ދެއްކެވި‮ ‬ވާހަކައަކީވެސް‮ ‬އަދިވެރިކަން‮ ‬ލިބިވަޑައިގެންނެވުމުން‮ ‬ވެސް‮ ‬މިއަދު‮ ‬ވެރިކަން‮ ‬ދޫކޮށްލެއްވުމަށްފަހުވެސް‮ ‬ދައްކަވަނީ‮ ‬ހަމަމިވާހަކައެވެ.‬‮‮ އަމިއްލައަށް‮ ‬ވެރިކަން‮ ‬ދޫކޮށްލައްވާފައި‮ ‬ގެއަށްވަޑައިގެންނެވިތާ‮ ‬ސައްވީސްގަޑިއިރުފަހުން‮ ‬އެވީއެއްޗެއްވެގެން‮ ‬ދެންއެދައްކަވާންފެށި‮ ‬ބަޣާވާތެއްގެވާހަކަ‮ ‬ނޫން‮ ‬އާއެއްވެސްވާހަކައެއްވެސް‮ ‬އަދި‮ ‬ހަމަޖެހޭ‮ ވާހަކައެއްވެސް‮ ‬ނަޝީދު‮ ‬މިހާތަނަށް‮ ‬ދައްކަވާފައިނުވާކަމީ‮ ‬ކަށަވަރުވެޔަގީންވާކަމެކެވެ‮.‬‮ ނަޝީދު‮ ‬މިއަދު‮ ‬އެންމެ‮ ‬އަޑަށްބާރުލައްވާފައި‮ ‬ވަރަށްއާވާހަކައެއްހެން‮ ‬މިހާރު ‬ދައްކަވާއެއް ވާހަކައަކީ‮ ‬އާސަންދައެއްގެވާހަކައެވެ.‬
‬‬ނަޝީދު‮ ‬އެންމެފަހުން‮ ‬ދިވެހީންނަށްދެއްކެވި‮ ‬‬އާސަންދައަށް‮ ‬ވާނުވާނޭގި‮ ‬އުޅެނިކޮށް‮ ‬އިސްތިޢުފާދެއްވިއިރު‮ ‬ރައްޔިތުންނަށް‮ ‬ހިލޭބޭސްކޮށްދޭނަމޭ‮ ‬ވިދާޅުވެވުނީތީ‮ ‬އެކަންކޮށްފައިވަނީ‮ ‬ނަޝީދުހުރިހާކަމެއް‮ ‬ކުރެއްވިބީދައިން‮ ‬ބައިމީހުންނަށް‮ ‬ބައިއެޅޭގޮތަށެވެ.‬‮ ‬އެވިދާޅުވާ‮ ‬ހިސާބެއްޖަހާފައި‮ ‬ބަޖެޓުގައި‮ ‬އާސަންދައަށްޖެހިފައިސާ‮ ‬އެންމެ‮ ‬އަށްމަސްދުވަސްނުވަނީސް‮ ‬ހުސްވެ‮ ‬އާސަންދަ‮ ‬އާސަންދޯކަކަށްވުމުން‮ ‬މިއަދު‮ ‬ނިކަން‮ ‬އަޑަށްބާރުލައްޥާފައި‮ ‬އެވިދާޅުވަނީ‮ ‬ގަމާރީއެހެންމީހުންކަމަށެވެ‮.‬‮ ‬ދެފޮޅުވަތް‮ ‬ދޭތެރޭގައި‮ ‬ތިމަންނާލިޔުއްވާފައިއޮތް‮ ‬އެއްޗެއް‮ ‬މިއަދުތިބި‮ ‬ނަޝީދު‮ ވިދާޅުވާގޮތަށްނޫޅޭ‮ ‬ހަމައިގާތިބޭ‮ ‬މީހުންނަށް‮ ‬ނޭގެނީކަމަށެވެ.‬‮ ‬އެވިދާޅުވާ‮ ‬ދެފޮޅުވަތްދޭތެރޭގައި‮ ‬އޮތީ‮ ‬ބައިއެޅޭވާހަކަ‮ ‬ކަމަށްވާނަމަ‮ ‬ނަ‮‬ޝީދު‮ ‬އެވިދާޅުވާ‮ ‬‬ވާހަކައެއް‮ ‬އެހެންމީހުންނަށް‮ ‬އޮޅުންނުފިލިނަމަވެސް‮ ‬ދެންއެއާޖެހިގެން‮ ‬ވިދާޅުވަނީއާސަންދައަށް‮ ‬ތިމަންނާ‮ ‬ބަޖެޓުގައިޖެހި‮ ‬ފައިސާވެސް‮ ‬ބޭނުންކުރީ‮ ‬ބަޣާވާތަށްކަމަށެވެ‮.‬‮ ‬ހަގީގަތުގައިވެސް‮ ‬ތިޔަހީފުޅުކުރެއްވުނީ‮ ‬ރަނގަޅަށެވެ.‬

މިހާހިސާބުން‮ ‬މަނިކުފާނު‮ ‬އެހުންނެވީ‮ ‬އިސްތިޢުފާދެއްވިފަދަ‮ ‬ހިނދުކޮޅެއްގައިތޯ‮ ‬މިއަދުބަލަންއެބަޖެހޭކަމަށް‮ ‬ތިޔައިގެތެރެއިން‮ ‬ގިނަބޭފުޅުން‮ ‬ވިދާޅުވަނީ‮ ‬މިފަދަ‮ ‬ހިނދުކޮޅުތަކުގައި‮ ‬ހުންނަވާތީކަންކަށަވަރުވެއްޖެ‮އެވެ.‬‮ ‬އެއްފަހަރު‮ ‬އާސަންދައަށް‮ ‬މިވެނިތާކުފައިސާ‮ ‬ހުންނާނެއޭ‮ ‬ވިދާޅުވެފައި‮ ‬އަނެއްފަހަރު‮ ‬އެފައިސާ‮ ‬ތިމަންނާބޭނުންކުރިއްޔޭ‮ ‬ވިދާޅުވެވޭއިރުވެސް‮ ‬އެނގިވަޑައި‮ ‬ނުގެންނެވުމަކީ‮ ‬މަނިކުފާނު‮ ‬އަމިއްލަފުޅަށް‮ ‬އެވިދާޅުވިގޮތަށް‮ ‬ހަމަބުއްދިފިލާފައި‮ ‬ހުރުމުންދެކެވޭވާހަކަ‮ ‬ކަމުގައި‮ ‬ގިނަބަޔަކު‮ ‬މިއަދު‮ ‬ބުނާނެކަމީ‮ ‬ކަށަވަރުވެ ‬ޔަގީންވާކަމެކެވެ‮.‬‮ ‬އަމިއްލައަށް‮ ‬އިސްތިޢުފާދެއްވައި‮ ‬ގައުމަށްހެޔޮއެދިވަޑައިގެން‮ ‬ގެއަށްވަޑައިގެން‮ ‬ސައްވީސްގަޑިއިރު‮ ‬ހަމަވުމުން‮ ‬އެވިދާޅުވި‮ ‬ބަޣާވާތެއްގެނައިއްޔާ‮ ‬ގެނަސްފައިއޮތީ‮ ‬ތިމަންނާއޭ‮ ‬އަމިއްލަފުޅަށް‮ ‬އެއްބަސްވެވޭއިރުވެސް‮ ‬އެނގިވަޑައިނުގެންނެވުމުން‮ ‬ދެންއެމަނިކުފާނުގެ‮ ‬ހާލުކޮޅާމެދު‮ ‬ސުވާލުއުފެދޭވަރުވެއެވެ.‬

އެމަނިކުފާނު‮ ‬އެދައްކަވާ‮ ‬ވާހަކަފުޅަށް‮ ‬އަތްތިލަބަޑިޖަހާންތިބި‮ ‬ހަމަހޭއަރާ‮ ‬މީސްކޮޅު‮ ‬އަމިއްލައަށްއެންމެފަހަރަކު‮ ‬އެދައްކަވާ‮ ‬ވާހަކަފުޅާމެދު‮ ‬އެކަނިއިނދެ‮ ‬ވިސްނާލައިފިނަމަ‮ ‬އެމަނިކުފާން‮ ‬އެދައްކަވަނީ‮ ‬ކޮންކަހަލަ‮ ‬ވާހަކައެއްކަން‮ ‬ވިސްނުނީސްކަންކަށަވަރެވެ.‬‮ ‬ރައްޔިތުން‮ ‬ވެރިކަން‮ ‬ހަވާލުކުރުމުން‮ ‬ފަސްއަހަރު‮ ‬ވެރިކަން‮ ‬ނުކުރެއްވުނީ‮ ‬ކީއްވެކަމާއި‮ ‬އެވިދާޅުވާ‮ ‬ފްލެޓްއަޅައިދެވުނުތޯއާއި‮ ‬އެވިދާޅުވާގޮތަށް‮ ‬ރައްޔިތުންނަށް‮ ‬ހިލޭބޭސްފަރުވާކޮށްދެވުނުތޯއާއި‮ ‬އަތްފޯރާފަށަށްގެނެވުނީ‮ ‬ކޮންއެއްޗެއްތޯއާއި‮ ‬ރަށުބަންދުންފިލީ‮ ‬ކާކުތޯއާއި‮ ‬މަސްތުވާތަކެއްޗަށްހުޅުވި‮ ‬ދޮރުތައް‮ ‬ބަންދުކުރައްވަން‮ ‬ޒުވާނުންނަށް‮ ‬ބޯންދެއްވީ‮ ‬ކޮންއެއްޗެއްތޯއާއި‮ ‬ހެޔޮވެރިކަމުގައި‮ ‬ޕާޓީގެމެންބަރަކުނޫންމީހަކު‮ ‬ކަމަކުބުނުމުން‮ ‬ނުބައިކަންދައްކާލާނަމޭ‮ ‬ވިދާޅުވެ‮ ‬ކުރެއްވީ‮ ‬ހެޔޮވެރިކަމެއްތޯއާއި‮ ‬އާންމުޚިދުމަތްތެރިއާއަށް‮ ‬ދޭންޖެހޭ‮ ‬ލާރިކޮޅުހަމައަށްނުދީ‮ ‬ބައިމީހާއަށް‮ ‬މިލިއަންޑޮލަރުގެބޮޑެތި‮ ‬ޕްރޮޖެކްޓްތަކާއި‮ ‬މަތިންދާބޯޓުކުންފުނިތައްދީގެން‮ ‬ކަންކުރެއްވީ‮ ‬ރައްޔިތުމީހާއަށް‮ ‬ފައިދާހުރިގޮތަށްތޯއާއި‮ ‬ގާނޫނީވެރިކަން‮ ‬ދަމަހައްޓަނީ‮ ‬ރޭގަނޑުދަންވަރު‮ ‬މީހުންނިދާފައިތިއްބާ‮ ‬ވަގަށްނަގައިގެންތޯއާއި‮ ‬ޑިއުޓީނެގުމުން‮ ‬ނިކަމެތިމީހާގެއަތުން‮ ‬ޓެކްސްނެގޭތީ‮ ‬ޖީއެސްޓީ‮ ‬ތަޢާރަފުކުރުމުން‮ ‬އެފައިސާނެގެނީ‮ ‬އެންމެ‮ ‬އާދައިގެރައްޔިތުމީހާގެ‮ ‬ޖީބުންނޫންތޯ‮ ‬އަމިއްލައަށް‮ ‬ސުވާލުކޮށްލުމީ‮ ‬ދިވެހިކޮންމެފަރުދެއްގެ‮ ‬ފަރުދީވާޖިބެއްކަންކަށަވަރެވެ.‬‮

މިއަދު‮ ‬މަނިކުފާނާއެކު‮ ‬މަގުމަތީގައި‮ ‬ހަޅޭއްލަވައި‮ ‬ތަންތަނުގައިހުޅުޖަހައި‮ ‬ރޯކޮށްމުޖުތަމަޢުގެ‮ ‬މަސްލަހަތުނަގާލައި‮ ‬ގައުމުގެއި‮ ‬ގްތިޞާދު‮ ‬ފުނޑާލައިގެންވެސް‮ ‬މަނިކުފާނަށް‮ ‬ވެރިކަންހޯއްދަވައިދެއްވަން‮ ‬އަތުކުރިއޮޅާލައިގެން‮ ‬މަނިކުފާނުގެ‮ ‬ފަހަތްޕުޅުންއެނިކުންނަ‮ ‬ގިނަމީހުންނަކީ‮ ‬ވެރިކަންކުރެއްވިއިރު‮ ‬ބޮޑެތިވަޒީފާތަކާއި‮ ‬ބޮޑު ‬މުސާރަތަކާއި‮ ‬ނާޖާއިޒުގޮތުގައި‮ ‬ރައްޔިތުންގެ‮ ‬ފައިސާއިން‮ ‬ޖީބުތައްފުރަމުންގެންދިޔަ‮ ‬މީހުންކަމާއި‮ ‬މިއަދުއެފައިސާއެގޮތަށް‮ ‬ނުލިބުމުން‮ ‬މަނިކުފާނުގެ‮ ‬ފަހަތްޕުޅުގައި‮ ‬އެތިބިމީހުންނަކީ‮ ‬އަމިއްލަފައިދާނޫން‮ ‬އެހެންއެއްވެސްކަމެއް‮ ‬ބޭނުންނޫންމީހުންކަމީފެންނާންއޮތްހަގީގަތެކެވެ‮.‬‮ މަޖިލީހުގެމެންބަރަކު‮ ‬ވިދާޅުވަނީއަރާންވެސް‮ ‬ހެއްދެވީ‮ ‬ދޮގޭ‮ ‬އަރާފައިވެސްހެއްދެވީ‮ ‬ދޮގޭ‮ ‬ފައިބާފައިވެސް‮ ‬ހައްދަވަނީހުސް‮ ‬ދޮގުކަމަށެވެ.‬‮ ‬މިއީވަރަށްތެދު‮ ‬ހަގީގަތެއްކަން‮ ‬މިއަދުގިނަބަޔަކުގަބޫލުކުރެއެވެ.


ދިޓީވީއަށް ޚިޔާލު ދެއްވުމަށް!